ފިޤުހީ ނަވާޒިލްތައް ދެނެގަތުމުގެ މުހިއްމުކަން

ފިޤުހުގެ ބަހަވީ މާނަތަކަށް ބަލާއިރު ވިސްނުން / ދޭހަވުން / ޠަބީޢަތުގައި ނަގައިގަތުމާއި ވިސްނުމުގެ ބާރުލައްވާފައިވުން ހިމެނެއެވެ. އެމީހަކު އެއުޅޭ ޒަމާނަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަތުން ހިމެނެނީވެސް މީގެތެރޭގައެވެ.

ވުމާއެކު މިއަދު ކުރިމަތިވާ މައްސަލަ ނުވަތަ ފިޤުހީ ޙައްލު ކުރީޒަމާނުގެ ޙައްލާއި ތަފާތުވެދާނެއެވެ. މިސާލަކަށް ދަރިންލެއްވުމުގެ މައްސަލައިގައި މާލިކީންނާއި ޝާފިޢީން އަދި ޡާހިރީންގެ ރަޢުޔު ތަފާތެވެ. ޒަމާން ބަދަލުވުމުން ކަންވެސް ބަދަލުވެއެވެ.

އިޞްޠިލާޙީ މާނަ:

ތަފްޞީލީ ދަލީލުތަކުން ހޯދާފައިވާ (ޙާޞިލްކޮށްފައިވާ) ޢަމަލީ ޝަރުޢީ ޙުކުމްތަކާ ބެހޭ ޢިލްމެވެ. ހަމައެހެންމެ، ޢިލްމޭބުނުމުން އޭގެތެރޭގައި ހުރިހާބާވަތެއްގެ ޢިލްމު ހިމެނެއެވެ. ޙުކުމަކީ އެއްޗަކުން އެއްޗެއް ސާބިތުކުރުން ނުވަތަ އެއްޗެއް ނަފީކުރުމެވެ.

ޝަރުޢީގެ މާނައަކީ އިސްލާމީ ޝަރީޢަތުން ނެގިފައިވާ އެއްޗަކަށް ވުމެވެ. އޭގައި ހިމެނޭނީ ޤުރުއާނާއި ރަސޫލާގެ ސުންނަތެވެ. ނަމަވެސް ޢަމަލީ ކަމެކޭ ބުނުމުން އެއަށް އިޢުތިޤާދެއް ނޯންނާނެއެވެ.

“ހޯދާފައިވާ” ބުނުމުން އޭގެތޭރޭގައި މާތްﷲގެ ވަޙީބަސްފުޅު ނުހިމެނޭނެއެވެ. ޙަދީޘްފުޅުތަކަކީ ކީރިތި ނަބިއްޔާއަށް މާތްﷲ އުނގަންނަވައިދެއްވިތަކެއްޗެވެ. އަދި މަލާއިކަތުންނަށް އެނގިވަޑައިގަންނަވާ ޢިލްމު، ރަސޫލާ އަޞްޙާބުބޭކަލުންނަށް އިޖުތިހާދުކުރެއްވުމަކާއި ނުލައި ހޯއްދަވާ ޢިލްމުވެސް ހޯދައިގަތް ޢިލްމަކަށް ނުވާނެއެވެ.

ތަފްޞީލީ ދަލީލޭ ބުނެވުނަސް ޢުޞޫލުލް ފިޤުހުގައި ތަފްޞީލްތަކެއް ނާންނާނެއެވެ. ދަލީލުތަކަށް ބަލާނީ ޖުމްލަގޮތެއްގައެވެ. ނަމަވެސް ފިޤުހުގައި ދަލީލުތަކަށް ބަލާނެއެވެ. މިތަފާތު ދެނެގަންނަންޖެހެއެވެ.

ނަވާޒިލް ގެ މާނަ:

 މާނައަކީ އެކަމުގެ ޝަރުޢީ ހުކުމަކަށް ބޭނުންވާ އައުކަމެކެވެ. ނާޒިލާއަކަށްވާނީ އެކަމުގައި 3 ޝަރުޠެއް ފުރިހަމަވުމުންނެވެ.

އެއީ ކުރިމަތިވި ކަމަކަށް ވާންޖެހޭނެއެވެ. އަދި އާކަމަކަށް ވާންޖެހެއެވެ. އެއީ ބޮޑުކަމަކަށް ވާންޖެހޭނެއެވެ. މިފަދަކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތުހޯދާ ޙައްލު ހޯދުމަކީ ކިފާޔަތުގެ ފަރުޟެކެވެ.

ނަވާޒިލް ކަންތައްތައް އުނގެނުމަކީ ރަސޫލާގެ އަމުރުފުޅަކަށް ތަބާވުމުގެގޮތުން ކުރެވޭ އަޅުކަމެއްވެސްމެއެވެ. ސަބަބަކީ އުނގެނުމަކީ ވެސް އަޅުކަމަކަށް ވާތީއެވެ. ކޮންމެވެސް ބަޔަކު މިކަން ނުކޮށްފިނަމަ، އެއީ ފާފަވެރިވާކަމެކެވެ.

ޙަނަފީންގެ އަރިހުގައި ނަވާޒިލަކީ ފަހުގެ މުޖުތަހިދުން އިސްޠިންބާތުކުރައްވާފައިވާ މައްސަލަތަކެވެ. މާލިކީން ދެކިލައްވާ ގޮތުގައި ނަވާޒިލީ މައްސަލައަކަށްވާނީ ޤާޟީއަކު ފައިސަލާކުރައްވާފައި ނުވާ މައްސަލަތަކެވެ.

ވުމާއެކު ފިޤުހުއްނަވާޒިލަކީ ކުރިމަތިވާ އާ ކަންތައްތައް ދެނެގަތުމެވެ. ނަމަވެސް ފިޤުހު އާކަމަކަށްވެސް ވެދާނެއެވެ. ވީކަމަކަށްވެސް ވެދާނެއެވެ. އަދި ވެދާނެކަމަކަށްވެސް ބަހުޘްކުރެވިދާނެއެވެ.

ނަވާޒިލް ބެހޭ ބައިތައް:

1. އެއިން ސަލާމަތް ނުވެވޭ ފަދަ ނަވާޒިލް މިސާލަކަށް (ފައިސާ ނުވަތަ ކަރުދާސް ނޯޓް ބޭނުންކުރުން) 2. ގިނަގިނައިން ނުވަތަ ގިނަބަޔަކު މުޢާމަލާތުކުރުން (ކުރެޑިޓް ކާޑު ބޭނުންކުރުން) 3. މަދުން ކުރެވޭ މުޢާމަލާތު (ގުނަވަނަކަށް ކުރެވޭ ފަރުވާ) 3. ގިނަޒަމާންތަކަކަށް ހުއްޓިފައިވާ ކަންތައްތައް (ކަމެއް ހިނގީމާ ޙުކުމް ބަދަލުވުން) 4. އޭގެކުރިން އެއްގޮތަކަށްވެސް ކުރިމަތިނުވެ އަލަށް ކުރިމަތިވުން. މިސާލަކަށް ޓެސްޓިއުބު ބޭބީ، ނަލަ އޮޕަރޭޝަން (ބިއުޓީ ސަރޖަރީ)

ނަވާޒިލްތަކާމެދު ބަހުޘްކުރުން

މިކަންކުރުމުގެ ސަބަބުން އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަމާއި ކޮންމެ ޒަމާނަކާއި ތަނަކަށް އެކަށީގެންވާކަން ހާމަވެއެވެ. މިސާލަކަށް އެބޯޝަންގެ ވާހަކަ މިއީ ކުރީޒަމާނުގައި އެކަންކުރާގޮތްތަކާއި ވަރަށް ޚިލާފަށް މިޒަމާނުގައި ކުރެވެމުންދާކަމެކެވެ. ވުމާއެކު އަލަށް ކުރިމަތިވާ މައްސަލަތަކުގައި ދިރާސާކުރުމަކީ ﷲ އާއި މާތް ރަސޫލާގެ އަނމުރުފުޅުތަކަށް އިޖާބަދީ، މީސްތަކުންނަށް އުނގަންނައިދިނުން ކަމުގައި ބެލެވެއެވެ. އެއީ ﷲ އަށް ކުރެވޭ އަޅުކަމެކެވެ. އަދި ކީތްތޯއެވެ. އިޖުތިހާދުކުރުމަށް ދޮރުހުޅުވާލެވޭކަމެކެވެ. ކިފާޔަތުގެ ފަރުޟެކެވެ.

ނާޒިލާއެއް ދެނެގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް

އެކަންކުރަނީ ކޮންމެ ފެންވަރެއްގެ މީހަކުނަމަވެސް ޢިލްމީ ގޮތުންނާއި ޢަމަލީގޮތުން އެކަމާބެހޭ މަޢުލޫމާތު ހޯދާ އެކަން ދެނެގަންނަންޖެހެއެވެ. ޢަމަލީ މައިދާނަށް ނުކުމެ، މީހުންނާއި ސުވާލުކޮށްގެންނެވެ.  އެކަމުގެތެރެއަށް ވަދެ އެކަމުގެތެރޭގައި އުޅެގެންނެވެ. ކަމުގެ ތަޖުރިބާކާރުންގެ އަރިހުން މަޢުލޫމާތު ހޯދައިގެންނެވެ. މިސާލަކަށް ކުރީޒަމާނުގެ ފޮތްތަކުގައި ރޯދަވެރިޔާގެ ލޮލަށް ބޭސް އެޅުމުން ރޯދަގެއްލޭކަމަށް ލިޔެފައިވެއެވެ. ނަމަވެސް މިހާރު ހުރިހާ ޢިލްމުވެރިންވެސް ވިދާޅުވަނީ ނުގެއްލޭނެ ކަމަށެވެ. މިހުރީ ހައްތާވެސް ފަރުދީ ޙައިޘިއްޔަތުންވެސް ދެނެގަންނަންޖެހޭ ކަންތައްތަކެވެ.

التكيف الفقهى

އައްތަކައިފް އަލްފިޤްހީ އަކީ ފިޤުހީ ގޮތުން މައްސަލައަކަށް ޙައްލެއް ހޯދުމަށްޓަކައި ޝަރުޢީ އުޞޫލުތަކަށް ރަނގަޅަށް ފައްތައިގެން ޙުކުމެއް ނެރުމެވެ. ހުރިހާ މައްސަލައެއްގައިވެސް ތަކައްޔިފު ކުރަންޖެހެއެވެ. ނާޒިލާ ޝަރުޢީ އުޞޫލުތަކުގެތެރެއިން އުޞޫލަކަށް ފައްތައިގެން މައްސަލައަށް ޙައްލެއް ހޯދުމެވެ. އެހެންކަމުން މައްސަލައާމެދު ވިސްނާ މައްސަލައަށް ޙައްލެއްހޯދަން މަސައްކަތްކުރާ މީހާއަށް ޝަރީޢަތުގެ ޙުކުމްތަކާއި ޤަވާޢިދުތައް ފުރިހަމަވާންޖެހޭނެއެވެ.

ނޫނީވިއްޔާ ކުރިން ހިނގާފައިވާ ނާޒިލާއެއްގެ މައްޗަށް ބަލައިގެން ތަޚުރީޞްކޮށްގެންނެވެ. މިސާލަކަށް ފިރިހެނަކަށް ރަން ބޭނުންކުރެވިދާނެހެއްޔެވެ؟ ޔަރޫލާގެ ޒަމާނުގައި ހަނގުރާމައެއްގައި މީހެއްގެ ނޭފަތް ގޮސްގެން ރަސޫލާއަށް ދެންނެވުމުން ރިހިން ނުވަތަ ރަނުން އެގުނަވަންޖެހުމަށް ހުއްދަދެއްވި. މިކަމުން އެނގޭ އެއްކަމަކީ ގުނަވަން އިންދުން ނުވަތަ ޖެހުން ހުއްދަކަން އަދި މަޢުދަނެއް އެކަމުގައި ބޭނުންކުރެވިދާނެކަމެވެ.

މިފަދަ ކަންތައްތައް ކުރެވިފައިވަނީ ފިޤުހީ ޤާޢިދާއަކަށް ނުވަތަ ޝަރުޢީ އަޞްލަކަށް ނުވަތަ ކުރީގެ އިމާމެއްގެ ފަތުވާގެ މައްޗަށް ތަޚުރީޖު ކޮށްގެންނެވެ. މިސާލަކަށް މައްކާގެ ޙަރަމްފުޅުގެ މަތީބުރީގައި ނުވަތަ ޓެރަސްގައި ޠަވާފުކުރުން ހުއްދަ ކަމަށް ބުނަނީ ފިޤުހީ ޤާއިދާއެއްގެ މައްޗަށް ބަލައިގެންނެވެ. މިޤާއިދާއަކީ الهواء ياخذ حكم القرار  މިއެވެ. ނަމަވެސް އެއާއެއްގޮތަށް ޢަމަލުކުރަން ޖެހޭނީ އެޤައުމެއްގެ ސަރުކާރުން އެގޮތަށް ޢަމަލުކުރަން އެންގީމައެވެ. ފަރުދީ ފަތުވާތަކަށް ޢަމަލުކުރުމަކީ ވާޖިބެއްނޫނެވެ. ނަމަވެސް ޖަމާޢީ ފަތުވާތަކަށް ޢަމަލުކުރުން ވާޖިބުވާނެއެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރުނު ޤަރާރު ހޯމް މިނިސްޓްރީން ކުށްވެރިކޮށްފި

ދިވެހިރާއްޖޭގައި ދީނީ މިނިވަންކަމަށް ފުރުޞަތު ދިނުމަށް ގޮވާލާ ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރެފައިވާ ޤަރާރަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން …

ޚިޔާލެއްދެއްވާ

avatar
ބެއްޔާ
ބެއްޔާ

ވަރަށް ބަރާބަރު ދިރާސާއެއްެ މީވެސް … ތޭންކްސް މިފަދަ ލިޔުންތަކަށް…

Anonymous
Anonymous

ތިގޮތަށް ރިފަރެންސް ނުދީ މީހެއްގެ އަގުހުރި ލިޔުންތައް ކޮޕީކޮށްގެން ލިޔުމަކީ ވައްކަންކުރުމެއް އަދި މިކަމަށް ވިސްނުމަށްފަހު މިލިޔުމަށް ރިފަރެންސް ދިނުމަށް ނަސޭހަތްތެރިވަން

wpDiscuz