ފިއްތުންތައް ކުރިމަތިވާނަމަ ސިޔާސީ އެހެން ދިމާއަކުން ފެނިދާނެ – ޑީޑީ

ފިއްތުންތައް ކުރިމަތިވާނަމަ ސިޔާސީ އެހެން ދިމާއަކުން ރައްޔިތުންނަށް ޚިދުމަތް ކުރަން ޖެހިދާނެކަމަށް ޑީޑީ ވިދާޅުވެއްޖެ

މިހާރު ކުރައްވަމުންދާ މަސައްކަތަށް އެމްޑީޕީގެ ފަރާތުން އެއްވެސް އިޖާބައެއް ނުދެއްވާ، ކެނޑިނޭޅި ހުރަސްތަކެއް ކުރިމަތިކުރުވާނަމަ، ސިޔާސީ އެހެން ދިމާއަކުން ނަމަވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ އެކަށީގެންވާކަމެއްކަމަށް އެމްޑީޕީގެ ރައީސް ކަމުން ދުރުކޮށްފައިވާ ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ނަޝީދު އަޑީގައި ހުންނަވައިގެން އެމްޑީޕީގެ އަސާސީ ގަވާއިދާ ޚިލާފަށް ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީއާއި ނައިބް ރައީސް އަލްހާން ފަހުމީގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގައި މަގާމުން ދުރުކޮށް، ޑީޑީއަށް ކުރިމަތިކުރުވަމުންދާ ފިއްތުންތަކާއި ބެހޭގޮތުން ދިޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޚިލާފަށް ބަޔަކު އަޑީގައި ތިބެގެން އޭނާ މަގާމުން ދުރުކުރިނަމަވެސް އެމްޑީޕީގެ މެންބަރުންނާއި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި އެޕާޓީ ތެރޭގައި ހުރެ ނުފުރޮޅާ އެންމެ ގާ ކޮޅެއްވެސް ނުބާއްވާނެކަމަށާއި ނަމަވެސް އިޖާބަނުދެއްވާނަމަ އެހެން ގޮތަކަށް ވިސްނުމަކީވެސް އެކަށީގެންވާކަމެއްކަމަށެވެ.

ޑރ. ޑީޑީ ވިދާޅުވީ އެނާ މިހާތަނަށްވެސް މަސައްކަތް ކޮށްފައިވާނީ ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމަށްކަމަށާއި އެހެންކަމުން ބަޔަކު ކިތަންމެވަރަކަށް ފިއްތުންތަކެއް ކުރިމަތިކުރުވިޔަސް އެކަން ކުރައްވާނެކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުކަމުން ވަކިވާނީ އެންމެ ފަހު ނޭވަޔާދަންދެންވެސް މަސައްކަތް ކުރުމަށްފަހު ހުރިހާ ދޮރުތަކެއް ބަންދުވުމުންކަމަށް ޑީޑީ ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަން ވެއްޓުމާއި އެކު އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުން އެހެން ޕާޓީތަކާއި ގުޅެމުންދާ ސަބަބުތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ޑީޑީ ވިދާޅުވީ އެމްޑީޕީ ތެރޭގައި މިހާރު ކަންކަން ވަމުންދާ އުސޫލުތަކަށް ބަލާއިރު ޕާލިމެންޓްގެ އިތުރު މެންބަރުންތަކެއް ސިޔާސީ އެހެނިހެން ޕާޓީތަކާއި ގުޅެމުންދާނެކަމަށެވެ. އަދި އެމްޑީޕީއަކީ ވަކިމީހެއްގެ ޕާޓީއެއްކަމަށްބުނެ އެމީހަކު ކުރީގައި ހުރެ އޭނާ ބޭނުންވާ ގޮތަށް އެމްޑީޕީ ހިންގަން މަސައްކަތް ކުރާނަމަ ޑިމޮކްރަސީގެ ހަމަތަކަށް ލޯބިކުރާ މީހަކު އެމްޑީޕީއަކު ނުހުންނާނެކަމަށް ޑީޑީ ވިދާޅުވިއެވެ.

ޚަބަރު: ދި ޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނަޝީދު ވެރިކަން ކުރައްވަމުން ގެންދެވީ ބޭރުގެ ބައެއްގެ ނުފޫޒާއި އެކީކަމަށް ސުވާލުއުފެދޭ – ޑރ.ޑީޑީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ދީނާއި ފުށުއަރާ ގޮތައް އަމަލުކުރައްވަމުން ގެންދިޔަ ދިޔުމުން އެމަނިކްފާން ވެރިކަން ކުރައްވަމުން ގެންދެވީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz