ފާއިތުވީ ދުވަސްތަކުގައި އެއްބައިވަންތަކަމާއިއެކުގައި މަސައްކަތްކުރެވިފައިވުމަކީ ސަރުކާރަށް ހާސިލް ކުރެވުނު އެންމެބޮޑު ކާމިޔާބީީ – އިމްރާން

ގިނަ ޕާޓީތަކަކާއިއެކު ބޮޑެތި އެއްބަސްވުންތަކާއި، އެގްރިމަންޓްތައް ހަދައިގެން ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަން ސަރުކާރު ސަތޭކަ ދުވަހުގެ ތެރޭގައި ރޫޅިގެންގޮސްފައިވީ ނަމަވެސް އަދުގެ ސަރުކާރުގައި ހިމެނޭ ގުޅިފައިވާ ގިނަ ޕާޓީތަކުން ސަރުކާރު ހިންގުމުގައި ދޭ އެއްބާރުލުމަކީ ސަރުކާރާއިމެދު ރައްޔިތުން ކުރާ އިތުބާރު ބޮޑުވެގެންދާ ކަމެެއްކަމުގައި އަދާލަތް ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމާރާން ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް އޭރުގެ ސިޔާސީ ބޮޑެތި ޕާޓީތަކާއި ސިޔާސީ ބޭފުޅުންނާއެކު އިނގިލީގެ ނިޝާންޖަހައި އެގްރިމެންޓްހަދައި، އަހުދު ކަށަވަރުވެގެެން ވެރިކަމަށް ވަޑައިގެން ނަމަވެސް ވެރިކަމަށް ވަޑައިިގަތްތާ އެކާވީސް ދުވަހުގެ ތެރޭގައި ކޯލިޝަން އެއްބަސްވުންތަކާއި ހިލާފްވެ ހުދުމުހުތާރުކަން ދައްކަވަން ފެއްޓެވި ހިސާބަކީ ނަޝީދާއިމެދު ރައްޔިތުން ކުރަމުންދިޔަ އިތުބާރު ގެއްލެން ފެއްޓި ހިސާބުކަމަށެވެ. ވެފައިވާ އެއްބަސްވުންތަކާއި ވައުދުތަކާއި އަހުދުތަކަކީ އެއްޗަކަށް ނުހަދައި ތިމާ އަމިއްލަ ވެރިކަމެއް ކުރައްވަން އުޅުއްވި ކަމީ ނަޝީދުގެ ވެރިކަން ނިމުމަކަށް އައުމުގެ ނަތީޖާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ބޮޑެތި އެއްބަސްވުންތަކާއި އަހުދުތަކާއިއެކު ބޮޑު ކޯލިޝަނަކާއިއެކު ނަޝީދަށް ވެރިކަން ކުރައްވަން އެނގިވަޑައި ނުގެންނެވި ނަމަވެސް އެއްވެސް އެއްބަސްވުމެއް، އަދި ވައުދުތަކެއްވެސް ނުވެ އެއްބައިވަންތަކަމާއިއެކު ރައީސް ޑރ.ވަހީދުގެ ފަހަތް ޕުޅުގައި މިއަދު ތިއްބެވި ޕާޓީތަކުން އެއްބައިވަންތަކަމާއިއެކު ވެރިކަން ކުރެވިދާނެކަން ހާމަކޮށްދެއްވާފައިވާކަމަށް އިމްރާން ވިދާޅުވިއެވެ. ތަފާތު ފިކުރުތަކާއި ވިސްނުންތަކާއެކު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނޭކަމަށް އިއުލާން ކުރައްވާފައިވާ ކެންޑިޑޭޓުންނާއިއެކުގައިވެސް ހިކުމަތްތެރިކަމާއެކު ގުޅިގެން ކުރައްވާ މަސައްކަތްތަކަކީ ސަރުކާރުން ހާސިލްކޮށްފައިވާ ބޮޑު ކާމިޔާބީއެއްކަމަށް އިމްރާން ވިދާޅުވިއެވެ.

މަސްދަރު : ދިޓިވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަދާލަތު ފައިސާއަށް ނުވިކޭނެ – ޝެއިޚް އިމްރާން

އަދާލަތު ޕާޓީގެ ސިޔާސަތު ފައިސާއަށް ނުވިނެކަމަށާއި، އެފަދަ ތުހުމަތުތައް އޭރުވެސް މިހާރުވެސް އަދާލަތު ޕާޓީގެ ބޮލުގައި އަޅުވަމުން އެދަނީ ރައްޔިތުންގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz