ފަތުރުވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަކީ ސްޕާތައް ބަންދުކުރުން: އަދީބު

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައިވެސް މިހާތަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޤާނޫނާ ޚިލާފަށް ރިސޯޓް ތަކުގެ ސްޕާތައް ބަންދުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކުންވެސް އެންމެ ބޮޑަށް ސުވާލުތައް ކުރިމަތި ކުރަމުން ގެންދަނީ އެ މައްސަލާގައި ކަމަށް ޓުއަރިޒަމް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

ރަށުން ބޭރުގައި ހުންނަވައިގެން ދިޓީވީއަށް މަޢުލޫމާތު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބު ވިދާޅުވީ، ރިސޯޓް ތަކުގެ ސްޕާތައް ބަންދު ކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި، އެކަން އެގޮތަށް ކުރުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ވަރަށް ބޮޑަށް ގެއްލި ރިސޯޓް ތަކަށް އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ވެފައި ވާކަމަށެވެ. އަދި މި ގެއްލުމުގައި ޖުމްލަ ގޮތެއްގައި ބިލިޔަނެއްހާ ޑޮލަރު ޙިއްޞާ ކުރާ ކަމަށާއި، ރިސޯޓު ތަކުގައި ޕްރޮފެޝަނަލް ކޮށް ހިންގަމުން ގެންދިޔަ ސްޕާތައް ބަންދު ކުރުމަކީ މިހާތަނަށް ދިވެހި ތާރީޚުގައިވެސް ދިވެހި ރާއްޖޭގެ ނާޒުކު ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، ދިވެހިންގެ މަދު ބަޔަކު އިސްކޮށް ތިބެ ރާއްޖޭގެ ފަތުރުވެރިކަން ހަލާކުކޮށްލުމަށް ބޭރުބަޔަކާއި ގުޅިގެން ކުރަމުން ގެންދާ މަސައްކަތުން އެފަރާތްތަކަށް މާބޮޑު ކާމިޔާބެއް ލިބިފައި ނުވާކަމަށާއި، ފަތުރުވެރިކަން ހީނަރުވެގެން ދިޔުމަށްފަހު މިހާރު ކުރީގެ ޙާލަތަށްވުރެ ރަނގަޅު ޙާލަތަކަށް ވާޞިލު ވެވިފައި ވާކަމަށެވެ. އެހެން ކަމުން ކުރިޔަށް އޮތްތާނގައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޭރުގެ ބައެއް ފަރާތްތަކާއި ގުޅިގެން ރާއްޖޭގެ މަދު ބަޔަކު ބައެއް ރިސޯޓުތައް ބޮއިކޮޓް ކުރުމަށް ގޮވާލާ ހިންގަމުން ގެންދާ ހަރަކާތްތަކުގެ ތެރެއިން އެ ރިސޯޓު ތަކުން ވަކި ޢަދަދަކަށް ފައިސާ ދީފި ނަމަ ބޮއިކޮޓް ލިސްޓުން ނަން އުނިކުރާނެ ކަމަށްބުނެ ފައިސާ ހޯދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާކަމަށް ދިޓީވީއަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޚަބަރު: ދި ޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

“ސްޓީލިން ޕެރަޑައިޒް” އާއި ގުޅިގެން އަދީބާ ސުވާލުކޮށްފި

އަލްޖަޒީރާއިން ތައްޔާރުކޮށް ގެނެސްދިން “ސްޓީލިން ޕެރަޑައިޒް”ގައި ހިމަނާފައިވާ ބައެއް މައުލޫމަތު ތަކާ ގުޅިގެން އޭސީސީއިން އަދީބު އާއި ސުވާލުކޮށްފިއެވެ.  އަދީބު …

ޚިޔާލެއްދެއްވާ

avatar
wpDiscuz