ފަހު ދިހައެއް ނިމިގެންދާއިރު

ބަރަކާތްތެރިވެގެންވާ ރަަމަޟާންމަސް ދާދިމިދާކަށްދުވަހު ފެށުނުއިރު މިހާރުމިވަނީ މިމަސް އަޅުގަނޑުމެންނާއި އަލްވަދާޢުކިޔުމަށް ތައްޔާރުވެފައެވެ. އެކަން ދަނެގެން އަޅުކަމުގައި މަސްޢޫލުވެ އުޅުމަށް ޢަޒުމު ކަނޑައަޅައިގެންތިބީ އަޅުގަނޑުމެންގެ ތެރެއިން ކިތަންމީހުންތޯއެވެ. މިއީ ފަހުދިހައިގެ ދުވަސްތަކެވެ. މިދުވަސްތަކުގައި މާތްވެގެންވާ ރެޔެއްވާކަން ނޭންގޭ ހަމައެކަކުވެސް މިހާރު ހުރުމަކީ ނާދިރުކަމެކެވެ. އެހެނީ ހުކުރުދުވަހުގެ ޚުޠުބާތަކުގައާއި ރޭޑިޔޯ އަދި ޓީވީ ޕްރޮގުރާމްތަކުންވެސް އެރޭގެވާހަކަ ތަކުރާރުކުރަމުން ދެއެވެ. އާދެ އެއީ މާތްވެގެންވާ ލައިލަތުލް ޤަދުރިވިލޭރެއެވެ.

ކޮންމެއަކަސް ފަހު ދިހައަށް އެޅުމުން ދަންވަރުގެ ވަގުތުތަކުގައި މިސްކިތް ފަޅުފިލުވާލަދޭނެ ޒުވާނުންތަކެއްވެސް އުޅެމުންދެއެވެ. އެރޭގެ ނަޞީބު ލިބިގަތުމަށްޓަކައި ހިތްވަރާއި ޖޯޝާއި ޢަޒުމާއެކު މަސައްކަތްކުރަމުންދާތަން ފެނެއެވެ. އެހެންނަމަވެސް ފަހުދިހައިގައި ފެނިގެންނުވާނޭ މަންޒަރުތަކެއް މި ކުޑަކުޑަ މުޖުތަމަޢުންވެސް ފެންނަމުންދާކަމީ އަޅުގަނޑުމެން ހިތާމަކުރަންޖެހޭނެކަމެކެވެ. ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ނުނިދާތިބެ ގުރޫޕްހަދައިގެން ސަކަރާތުގައި އުޅުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ.

މީގެން ދޭހަވާކަމަކީ އަޅުގަނޑުމެން ﷲ ސުބުޙާނަހޫ ވަތަޢާލާދެއްވި ރަނުގެ ފުރުޞަތު ބޭނުން ނުވާކަމެވެ. އެކަލާނގެ ދެއްވަން ތައްޔާރުކުރައްވާފައިވާ ރަޙްމަތަށް އަމިއްލަ ހިތާއި ހަށިގަނޑުން ނޫނެކޭ ބުނާކަމެވެ. ބޭނުންވަނީ ދުނިޔަވީ ކުޅިވަރާއި މަޖާކަމެވެ. އާޚިރަތުގެ ގޮވަށްޗަށްދާން މިއުރެން އަދި ތައްޔާރުވާން ބޭނުން ނުވާކަމެވެ. ޒުވާންކަމުގެ ފައިދާ މިއުރެންބޭނުން ކުރަންއުޅޭގޮތެއްގެ ނުބައިކަމާއެވެ.

ކޮންމެ މީހަކު ވިސްނައިލިޔަސް ބަރަކާތްތެރިވެގެންވާ މައްސަރު ނިމެން އުޅޭކަން އިޙްސާސްވާނެއެވެ. އެހެނީ ނަމާދު ވަގުތުތަކުންވެސް މިކަން ދޭހަވަމުންދާތީވެއެވެ. އިހުނަށްވުރެ މީސްކޮޅުމަދުވުމެވެ. ނަމާދުު ފަރުޟުވެގެންވަނީ ހަމައެކަނި ރަމަޟާންމަހުގައި ހެއްޔެވެ. ނޫނީ އެމަހުގެ ކުރީކޮޅުގައި އެކަނި ހެއްޔެވެ. މިއީ ބިރުވެތިވާންޖެހޭނެކަންކަމެވެ. މަރުވެގެންދާނީ ކޮންވަގުތެއްގައި ކޮންތަނެއްގައި ކޮންފަދަ ޙާލަތެއްގައިކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކާކަށްހެއްޔެވެ. އަޅުކަންތައްވެސް ކުޅިވަރަކަށް މިފަދަމީހުން ހަދާކަހަލައެވެ.

އެންމެހާ ޒުވާނުންނޭވެ. މިއީ ރަނުގެ ފުރުޞަތެކެވެ. ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފޭތޯ މަސައްކަތްކުރަމާ ހިންގަވާށެވެ. މިކުޑަ ދުވަސްކޮޅުގެ ތެރޭގައި ނަމާދުކުރުމާއި ޤުރުއާން ކިޔެވުމާއި ދުޢާކުރުމުގައި ދެމިހުރުމަށް ޢަޒުމުކަނޑައަޅާށެވެ. ދުޢާއަކީ އަޅުގަނޑުމެންނަށް ހެޔޮވިސްނުންދެއްވުމެވެ. މަތިވެރިވެގެންވާ ލައިލަތުލް ޤަދުރިވިލޭރެޔާއި އަޅުގަނޑުމެންނާއި ބައްދަލުވެ އަޅުގަނޑުމެންގެ ފާފަތައް ފުހެވިގެން ދިޔުމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ކެނދިކުޅުދޫގެ ދަނޑުތައް ރޯދައަށް ފައްކާވެފައި

ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހަކީ ޒަމާނުން ސުރެ އަޅުގަނޑުމެން އެންމެހައި މުސްލިމް އަޚުންނާއި އުޚްތުން އެމަހަކަށް ޓަކައި ވަރަށް ރަނގަޅަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz