ފަހުގެ ދިރާސާއިން ދައްކާ ގޮތް

 

ބައްޕައާއި މަންމަގެ އިތުރުން ހަތަރުކުދިންގެ މައްޗަށް އެކުލެވޭ ޢާއިލާއެކެވެ. ބައްޕަ ބުރަކޮށް މަސައްކަތުގައި އުޅެފައި ގެއަށް އައިސް ހަމަ ވަނުމާއެކު މަންމަ ކުރާ ޝަކުވާއަކީ ކުދިން ފޮތްނުކިޔާ ވާހަކައެވެ. ފިލާވަޅުތައް ނިންމަންނޫޅޭ ވާހަކައެވެ. މިގޮތަށް ތަކުރާރުކޮށް ޝަކުވާކުރަން ފެށުމުން ބައްޕަ ބުނެއެވެ. ތިޔަކަމާ އެބަވިސްނަމެވެ.

               މިގޮތުގައި ދެތިން ހަފުތާ ވީފަހުން އަނެއްކާވެސް މިޝަކުވާކުރުން އިހުނަށްވުރެވެސް އިތުރުވެއްޖެއެވެ. އެއްދުވަހަކު މަންމަ ބުންޏެވެ. މިހާރު ކިޔާކިޔާ އަނގަވާގިނެތޭވަރުވެއްޖެއެވެ. ހަމަ ފޮތެއްގައި އަތެއްނުލައެވެ. ކުދިންގެ ބައްޕަ ބުންޏެވެ. ފަހުގެދިރާސާތަކުންދައްކާގޮތުން ތިޔަހެން ބުނެގެން، ކިޔައިގެން އެކުދިން ނުކިޔަވާނެއެވެ. އޭގެބަދަލުގައި ޖެހޭނީ އެކުރަންއިން މަސައްކަތް ހުއްޓުވާށެވެ. ޕީއެސް 3 ކުޅެން އިންނަމަ، އެވެސް ނިއްވާލުމަށްފަހު އެކަން ހުއްޓުވަންޖެހޭނެއެވެ. މިއީ ފަހުގެދިރާސާތަކުން ދައްކާ ގޮތެވެ. މަންމަ ބުންޏެވެ. ތިޔާއީ ކޮންތާކުކޮށްފައިވާ ދިރާސާއެއްހެއްޔެވެ؟ ފިރިމީހާބުންނެވެ. މިގޭގައިކުރި ދިރާސާއެކެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
ހަކުރު މޫސަ
ހަކުރު މޫސަ

އާ މިހާރު އެބަ ރަގަޅުވޭ.

wpDiscuz