މުޒާހަރާއާއި ގުޅޭ ގޮތުން ބޭރުގެ މީޑިޔާތަކުގައި ތަފާތު ގޮތްގޮތަށް ވާހަކަ ފެތުރެން ފަށައިފި

ދިވެހި ޤައުމީ ދިފާޢީ ބާރުން ގާނޫނާ ޚިލާފަށް ހައްޔަރު ކޮށްގެން ގެންގުޅޭ ކްރިމިނަލް ކޯޓުގެ އިސްގާޒީ ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ހުރިހާ ސިޔާސީ ފަރާތްތަކުން ގުޅިގެން މާލޭގައި ސިލްސިލާކޮށް ކުރަމުން ގެންދާ މުޒާހަރާގެ ޚަބަރުތައް ހަލުވި ކަމާއެކު ބައިނަލްއަޤްވާމީ މީޑިޔާ ތަކުގައި ފެތުރެން ފަށައިފިއެވެ.

މި މުޒާހަރާ ތަކާއި ގުޅިގެން ބޭރުގެ ބައެއް މީޑިޔާ ތަކުން ބުނެފައިވަނީ ސިފައިން ނުކުމެ ކްރިމިނަލް ކޯޓުގެ އިސްގާޒީ ހައްޔަރު ކޮށްފައި ވާތީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ވެރިރަށް މާލޭގައި ކޮންމެ ރެއަކު އެތައް ސަތޭކަ ބަޔަކު ނުކުމެ މުޒާހަރާ ކުރަމުން ގެންދާކަމަށެވެ. މީގެ އިތުރުން ތަކުރާރުކޮށް ރާއްޖޭގެ ސިޔާސީ ލީޑަރުން ސަރުކާރުން ހައްޔަރު ކުރަމުން ގެންދާތީ ބޭރުގެ ބައެއް މީޑިޔާ ތަކުގައި އެކަން ފާހަގަ ކޮށްފައިވާއިރު، ދިވެހި ޤައުމީ ޕާޓީގެ ނައިބު ލީޑަރ ޑރ މުޙައްމަދު ޖަމީލް އަހުމަދު ތަކުރާރުކޮށް ސަރުކާރުން ހައްޔަރު ކުރަމުން ގެންދަނީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވާތީ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ޚިޔާލު ފާޅުކުރުމަށް ލިބިދީފައިވާ މިނިވަން ކަމާމެދު ސުވާލު އުފައްދަމުން ދިވެހި ނޫސްވެރިންނާ ހަވާލާދީ ބޭރުގެ ބައެއް މީޑިޔާ ތަކުން ބުނެފައިވަނީ، ސަރުކާރުން ފަނޑިޔާރުންނާއި ޖުޑީޝަރީގެ ބާރު ކަނޑުވާލުމުގެ އިތުރުން ސިޔާސީ އިސް ފަރާތްތައް ހައްޔަރު ކުރަމުން ގެންދާއިރު ރާއްޖޭގައި ޙަރަކާތްތެރިވާ މިނިވަން މީޑިޔާ ތަކުން މި ޚަބަރުތައް ގެނެސްދޭތީ މީޑިޔާތަކަށް ހުރަސް އަޅައި ބިރުދައްކާ ސަރުކާރުން އިންޒާރު ދެމުން ގެންދާކަމަށެވެ.

ލިޔުނީ: އަބްދުﷲ އިބްރާހީމް

ޢަބުދުﷲ އިބްރާހިމް ( ޒީރޯ ) އަކީ ލަންދޫއިންފޯގެ ވެބްސައިޓް ފަރުމާކުރާ، ޓެކްނިކަލް ޓީމްގެ އެންމެ އިސްފަރާތެވެ.
ލިޔުންތެރިކަމަށްވެސް ލޯބިކުރާ މި ޒުވާން ލިޔުންތެރިޔާ ގިނައިން ލިޔާނީ ޓެކްނޯލޮޖީއާއި ގުޅުންހުރި ލިޔުންތަކެވެ. އޭގެ އިތުރުންވެސް ދީނީ އަދި އިޖްތިމާޢީ ދާއިރާއިންވެސް ލިޔުންތައް ލިޔުއްވައެވެ.

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz