މުސްލިމު އަޅަކު ނަމާދު ކުރަން ހުށްޓައި އެވަގުތާއި ދިމާވެއްޖެނަމަ ކިހާރަގަޅުހެއްޔެވެ.

އަޅުގަނޑުމެން އަބަދުވެސް އެދެމުން މިދަނީ ސުވަރުގޭގެ ދާއިމީ މަތިވެރި ނިޢުމަތަށެވެ. ދުޢާތަކުގައި ކިޔެވެމުން ތަކުރާރު ކުރަމުން މިދަނީ ” ދުނިޔޭގައިވެސް ހެޔޮކަން އާޚްރަތުގައި ވެސް ހެޔޮކަން ދެއްވައި، ނަރަކައިގެ އަޛާބުން އަޅަމެން ދިންނަވާންދޭވެ.” މިދައިންނެވެ.

މިފަދަ ދުއާތައް ކުރުމުގައި އޮންނަ  އެންމެ ރަގަޅުގޮތާއި، ސުންނަތުން ސާބިތުވެފައިވާ ވަގުތު ތަކާއި، ސާޢަތްތަކަކީ އަޅުގަނޑުމެންނަށް އެނގުން ކޮންމެހެން ވެސް މުހިއްމު ކަންކަމެވެ. އެހެނީ ދުއާގެ ޝަރުުތައް ފުރިހަމަވުމާއިއެކު އެމީހެއްގެ ހިތްނިޔަތް ﷲ އަށް ޚާލިސް ވެފައިވާ މުއުމިނަކު ރަގަޅުގޮތުގައި ކުރާ ދުއާއެއް ﷲ އަނބުރާ ރައްދު ނުކުރައްވާ ހުއްޓެވެ.

އެގޮތުން ހުކުރު ދުވަހު ދުޢާއިޖާބަކުރައްވާ ވަގުތު ކޮޅެއް ވާކަން ކަށަވަރުވެގެންދަނީ މާތް ސުންނަތުންނެވެ. ރަސުލުﷲ صلى الله عليه وسلم ގެ ބަސްފުޅުންނެވެ. އާދެ ހަދީޘް ފުޅުގައިވެއެވެ.

النبي صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. ( أن في يوم الجمعة ساعة لا يوافقها عبد مسلم وهو قائم يصلى يسأل الله شيئا إلا أعطاه إياه )). “ހަމަ ކަށަވަރުން ހުކުރު ދުވަހުގައި ސާޢަތެއް ވެއެވެ. މުސްލިމު އަޅަކު ނަމާދު ކުރަން ހުށްޓައި އެވަގުތާއި ދިމާވެ، ކަމަކަށް އެދި ﷲ އަށް ދަންނަވައިފި ނަމަ އެކަމެއް ދެއްވާނެއެވެ.

“އަދި صحيح مسلم ގައި أبو موسى ގެ އަރިހުން ރިވާވެގެން ވެއެވެ. (( أنها ما بين خروج الإمام – يعني دخوله المسجد – إلى أن تقضى الصلاة )). “އެ ސާޢާތަކީ އިމާމާ މިސްކިތަށް ވަނީއްސުރެ، (މެމްބަރަށް އެރީއްސުރެ ނަމާދުގެ ނިޔަލަށެވެ.” މިއީ އިޖާބައިގެ ވަގުތެވެ.

އެހެންކަމުން އަޅުގަނޑުމެން އެންމެންނަށްވެސް އެކަށީގެން ވަނީ ދެ ޚުޠުބާގެ ދެމެދުގައިވެސް ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަށް އެދި ދުޢާއެއް ކުރުމުގައި ވަގުތުގެ ބޭނުން ހިފުމެވެ. އަދި ހުކުރު ނަމާދުގައި ސަޖިދައިގެ ތަސްބީހަ ކިޔުމަށްފަހުގައިވެސް ދުޢާ ކުރެވިދާނެއެވެ. ހަމައެފަދައިން އައްތަޙިއްޔާތުގައިވެސް ސަލާންދިނުމުގެ ކުރިން ދުޢާ ކުރުމަށް އަމުރުވެވިގެން ވެއެވެ.”

މަސްދަރު: ރާއްޖެ އިސްލާމް

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ހުކުރު ދުވަހުގެ މާތްކަން

އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما …

ޚިޔާލެއްދެއްވާ

avatar
wpDiscuz