މުލިއާގެ އިން މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ފެނުނު ބަނގުރާ ފުޅިތަކުގެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވި މުލިއާގެ އިން މިދިޔަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ފެނުނު ބަނގުރާ ފުޅިތަކުގެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީއަށް މިއަދު ފޮނުވައިފި ކަމަށް ފުލުހުން ބުނެފިއެވެ.

މުލިއާގެ އިން ރާފުޅިތައް ފެނުނު މައްސަލައިގެ ތަހުގީގު ދިގުލައިގެން ދިޔައީ އެ ތަހުގީގުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހުމާ އެކު ތަހުގީގު ކުރަން ހުރި މައްސަލަތަކުގެ ގިނަ ކަމުން ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.

މުލިއާގެ އިން ފެނުނު ރާފުޅިތައް ފުލުހުން ނޫސްވެރިންނަށް ދެއްކި އިރު އޭގެ ތެރޭގައި ދިވެހި ދައުލަތުގެ ނިޝާން ޖެހި ޓެގް އަޅުވާފައި ހުރި ބައެއް ފުޅި ހުރި އިރު، ބައެއް ފުޅިތަކަކީ ބޭރުގެ ބައެއް ފަރާތްތަކުން ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް ފޮނުވާފައި ހުރި ތަކެތި ކަން އެނގޭ ޓެގާއި ސިޓީއުރަ ހުރި ކަމަށް ފުލުހުން ބުންނެއެވެ.  އަދި ބޭރުގެ ބައެއް ބޭފުޅުން ރައީސް ނަޝީދަށް ހަދިޔާ އަށް ފޮނުވާފައިވާ ކަމަށް ލިޔެފައިވާ ޓެގްތައް ހުރި ރާފުޅިތައް ހުރި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ނ.އަތޮޅުގެ މެޖޯރިޓީ “އަންނި” އަށް.

އިއްޔެ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ރިއާސީ އިންތިހާބްގެ ވަގުތީ ނަތީޖާ އިން ނ.އަތޮޅުގެ މެޖޯރިޓީ ކުރީގެ ރައީސް އަދި …

ޚިޔާލެއްދެއްވާ

avatar
wpDiscuz