މުޅިލަންދޫ ބޯފެނަށް ޖެހިފައި

ލަންދޫއަށްވާރޭ ނުވެހޭތާ ގިނަދުވަސް ވުމާއި ގުޅިގެން މުޅިލަންދޫ ބޯފެނަށް ޖެހިއްޖެއެވެ. މިއަދު ލަންދޫގައި ގިނަބަޔަކު ބޯން ބޭނުންކުރަނީ މިނަރަލް ވޯޓާރ އާއި މަދުމަދުން ފެންލިބެންހުރި ގޭގެއިން ހޯދާ ފެނެވެ.

ލަންދޫގައި އާއްމުރައްޔިތު މީހާ ބުއިމަށް ބަހައްޓާފައިވާ ފެންތާގީތަކުންވެސް ފެން ހުސްވެފައިވަތާ މިހާރު ކުޑަދުވަސްކޮޅެއް ވެއްޖެއެވެ.

މިއަހަރުގެ ވިއްސާރަ މޫސުން މިހާރު ފެށިފައިވީނަމަވެސް ވާރޭފެން ނެގޭ މިންވަރަށް އަދި ލަންދޫއަށް ވާރޭވެހިފައެއް ނުވެއެވެ. ލަންދޫގެ އާއްމު ރައްޔިތުން އެބައިމީހުންގެ ގޭގޭގައި ބަހައްޓަފައިވާ ހަންތައް މިޙާރުވަނީ ދޮވެސާފްކޮށް ފެން އެޅުމަށް ތައްޔާރުކޮށްފައެވެ.

ރަށުގެ ރައްޔިތުން އިންތިޒާރު ކުރަމުން ގެންދަނީ އާއްމުންނަށްޓަކައި ބެހެއްޓިފައިވާ ހަންތައްވެސް ދޮވެ ސާފްކޮށް ވާރޭފެން އެޅޭނެގޮތް ހެދި ފެންއެޅުމަށް ތައްޔާރުކޮށްފައިވާ ހަންތަކަށް ފެން އެޅޭނޭ ދުވަހަކަށެެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ލަނދޫ ކާޑަށްޖެހިފައި

ބަރަކާތްތެރި ރަމަޟާންމަހަކީ އަހަރުގެ އެހެނިހެން މަސްމަހާއި ޚިލާފަށް ކާއެއްޗެހި ހެދުން ގިނަމަހަކަށްވާއިރު ބަރަކާތްތެރި ރަމަޟަންމަސް ފެށުނު އިރު ލަންދޫގެ ހުރިހާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz