މުބާރާތުގެ އެންމެފަހު ސިކުންތައް މަސައްކަތްކޮށް މެންޗެސްޓާރ ސިޓީ ތަށިއުފުލާލައިފި

ދުނިޔޭގެ އެންމެ ގިނަބަޔަކު އަދި ދިވެހިންގެ ތެރެއިން އެންމެ ގިނަބަޔަކު ބަލަމުންގެންދާ ފުޓްބޯޅަލީގު ކަމުގައިވާ އިންގުލިސް ޕްރެމިއަރ ލީގު 2011 – 2012 ގެ ފަޙްރުވެރި ޗެމްޕިއަންކަން  މުބާރާތުގެ އެންމެފަހު ސިކުންތައް މަސައްކަތްކޮށް 44 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މެންޗެސްޓަރ ސިޓީ އުފުލާލައިފިއެވެ.

މިއީ އިނގިރޭސީ ޕްރެމިއާ ލީގުގެ ތާރީހުގައި ފުރަތަމަފަހަރަށް ދެޓީމެއް ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލްގެ ތަފާތުން ކުރި ހޯދައިގެން ޓީމަކަށް ޗެމްޕިއަންކަން ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ލީގުގެ ފަހު މެޗްގައި ދިވެހިންގެ އެންމެ ސަޕޯރޓަރުން ގިނަ މެންޗެސްޓަރ ޔުނައިޓެޑް ރޮއްވާލުމަށްފަހު އެޓީމާއި އެންމެ ވާދަވެރި މެންޗެސްޓާރ ސިޓީ މިރޭ މޮޅުވެފަވަނީ އެންމެ ފަހު ވަގުތު އެޑިން ޖެކޯ އާއި ސާޖިއޯ އަގުއޭރޯ ކާމިޔާބު ކޮށްދިން ގޯލްތަކުންނެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި އެތައްހާސް ސަޕޯރޓަރުންގެ ކުރިމަތީގައި ކިއުޕީއާރުއާއި ދެކޮޅަށް ކުޅުނު މެޗްގަ ސިޓީއަށް މައްސަލަ ކުރިމަތިވީ  ސިޓީގެ ޒަބަލޭޓާ ގޯލެއް ޖަހާފަވަނިކޮށް ކިއުޕީއާރުގެ ފުރާންސްގެ ތަރި ސީސޭ ނަތީޖާ އެއްވަރުކޮށް އަދި މެޗްގެ 55 ވަނަ މިނެޓްގައި ކިއުޕީއާރުގެ ކެޕްޓަން ޖޯއީ ބާޓަން ދަނޑުން ފޮނުވާލުމާއެކު ދިހަ މީހުންނާއި އެކު ކުޅެމުން ދިޔަ ކިއުޕީއާރު ދެވަނަ ހާފްގައި އެޓީމްގެ ޖެމީ  މެޗުގެނަތީޖާ 2-1 ބަދަލުކޮށްލުމާއި ގުޅިގެންނެވެ.

މުޅިޓީމް އެއްކޮށްފަހަތައްފާބައި ކިއުޕީއާރު އިން ވަރުގަދައަށް ޑިފެންސްކުރަމުން ދިޔަނަމަވެސް ، ސިޓީން  ގިނައިރުކުޅެ ނުރައްކާތެރި ހަމަލާތައް އުފެއްދުމުގެ ނަތީޖާއަކަށްވީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނެ ނުކުތް ސިޓީގެ އެޑިން ޒެކޯ ބޮލުން ފޮނުވާލީ ބާރު ހަމަލާ އިތުރުވަގުތައް ދެއްކި 5 މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓްގައި ގޯލަކަށްވެ ދެޓީމް އެއްވަރު ވުމެވެ.

މިދެޓީމް އެއްވަރުވެގެން ނިމުނަސް ޗެމްޕިއަންކަން ލިބޭނީ ސަންޑަރ ލޭންޑްއަތުން މޮޅުވި ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑަށް ކަމަށްވާތީ ހުއްޓައި ނުލައި ސިޓީން ކުރިމަސައްކަތުގެ ނަތީޖާ ފެނިގެން ދިޔައީ މެޗުގެ އިތުރު ވަގުތުގެ އެންމެފަހު ވަގުތު މެންސިޓީއަށް ކުޅޭ އާޖެންޓީނާގެ ތަރި ސާޖިއޯ އަގުއޭރޭ ކާމިޔާބުކޮށްދިން ހިތްގައިމު ގޯލުންނެވެ.

އިންގުލިސް ޕްރިމިއަރ ލީގު ނިމުނު އިރު ސިޓީ އަދި ޔުނައިޓެޑަށް މުޅިއެކު 89 ޕޮއިންޓް ލިބިފަވާއިރު ސިޓީއަށް ތަށިލިބެނީ ގޯލްގެ ތަފާތުންނެވެ. ލީގުގައި ޔުނައިޓެޑުން  56 ގޯލް ޖަހާފައިވާއިރު  ސިޓީން 64 ގޯލް ޖަހާފައިވެއެވެ.

މެންޗެސްޓާރ ސިޓީއަށް 1968 ވަނަ އަހަރަށްފަހު ޕްރެމިއާ ލީގު އުފުލާލެވުމުން އެޓީމުން އަންނަނީ އެކަމުގެ އުފާ ފާޅުކުރަމުންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz