މި އިންސާނާ………!

ޅެން: ތަރުވާޒު

ދުނިޔެއަށް ވެދަނީ އުފަން ފިޠުރަތުގެ ޠާހިރުކަންމަތީ

                  އުނިކަމެއް އެއްވެސް ކުށެއް ކުށްފާފައެއް ނެތް ގޮތްމަތީ

ނުހަނު ފުރިހަމަ ވިސްނުމާ އަދި ރިވެތިހާ ގުނަވަންތަކާ

                   ނުހަނު ގިނަ ނިޢުމަތްތަކެއް ހާސިލުވެފައިވާ ގޮތްމަތީ

އޭގެ އިތުރުންވެސް އެތައް ނިޢުމަތްތަކެއް ދެއްވާފަވޭ

                  ނޭނގެނީބާ އޭގެ ޙިކުމަތް ދިރިއުޅޭ އިރު ބިންމަތީ

ނުހަނު ކުޅަދުންވަންތަ އެއްކައުވަންތަ ރައްބެއް ވާކަމުގެ

                    ނުހަނު ގިނަ ހެކިތައްވެޔޭ ލައްވާފަ ޖައްވާ ބިންމަތީ

ހެޔޮ ރަސޫލުންނާ ނަބީން މެދުވެރިކުރައްވާ ފޮތްތަކާ

                   ހެޔޮނުބައި ވެސް އަންގަވާ ދެއްވާފަ ނޫންތޯއޭ އޮތީ

ކަންމިހެން ހުއްޓަސް މި އިންސާނާ މަރުވެ ނެތިގެންދަނީ

                   ދަންނަވަންތޯއޭ މުޅިން މަގުފުރެދި ޖާހިލުކަންމަތީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ …

ޚިޔާލެއްދެއްވާ

avatar
ކުޑަފުތުބެ
ކުޑަފުތުބެ

ތަރުވާޒުގެ ޅެންތައް ވަރަށް ސަޅި. .. އަދި ވަކިން މިފަހަރުގެ ޅެން މާރީތި އިނގޭ…. ކީޕްއިޓްއަޕް.

wpDiscuz