މިސްކިތު ފަންޑު ފޮއްޓަށް ސޯޅަހާހަށްވުރެ ގިނަފައިސާ ލިބިއްޖެ.

މިސްކިތްތައް މަރާމާތު ކުރުމަށް ފައިސާ ހޯދުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުކައި ބެއްހެެއްޓި ފަންޑުފޮށިތަކުގެތެރެއިން ނ.ލަންދޫގައި ބެހެއްޓި ފަންޑު ފޮއްޓަށް 16 ހާހަށްވުރެ ގިނަފައިސާ ލިބިފައިވާ ކަމަށް ލަންދޫ ކައުންސިލު އިދާރާއިން ހާމަކުރައްވައިފިއެވެ.

ނ.ލަންދޫ ކައުންސިލްއިދާރާގެ ފަރާތުން އެއިދާރާގެ އިކޮނޮމިކް އޮފިސަރ އަލްފާޟިލް ފަޒީލް ޙަސަން ލަންދޫއިންފޯއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ފަންޑުފޮށްޓަށް މުޅި ޖުމުލަ -/16426ރ. ( ސޯޅަހާސް ހަތަރުސަތޭކަ ސައްބީސް ރުފިޔާ ) ލިބިފައިވާކަމަށެވެ.

މިއީ މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިފަދަ ފަންޑު ފޮއްޓެއް ބަހައްޓައިގެން ލަންދޫގައި މިހާކުރުމުއްދަތެއްގެ ތެރޭގައި ފައިސާ އެންމެ ގިނއިން ލިބުނު ފަހަރެވެ.

މިފަދަ ބޮޑު ތަރުހީބެއް މިހާ ކުޑަ އާބާދީ އަކުން ލިބިގެން މިދިޔައީ ދީނީ ކަންކަމަށް ލަންދޫ ލައްޔިތުން ބަހައްޓަމުން ދާ އަހައްމިއްޔަތު ކަމެއްގެ ސަބަބުންކަން ޤަބޫލު ކުރަންޖެހެއެވެ.

މިހާރުވެސް ލަންދުގައި ދަނީ ލަންދޫކައުންސިލުން އިސްނަގައިގެން މިސްކިތުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން މިސްކިތުގައި ފެންޑާއެއް އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz