މިސްކިތު ފަންޑުފޮއްޓަށް މިއަދު ރަނގަޅު ތަރުޙީބެއް ލިބިގެންދިޔަ – ކައުންސިލް ޢިދާރާ

މިސްކިތުހަފްތާ ފެށުން ފާހަނގަ ކުރުމުގެ ގޮތުން ލަންދޫ ހުކުރު މިސްކިތް މަސްޖިދުލް ލުބާބުގައި ބެހެއްޓުނު މިސްކިތު ފަންޑުފޮއްޓަށް އެކަށޭނަ ރަނގަޅު ތަރުޙީބެއް މިއަދު ލިބިގެން ދިޔަކަމަށް ލަންދޫ ކައުންސިލް ޢިދާރާއިން މަޢުލޫމާތު ދެއްވައެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ރާއްޖޭގައި މިސްކިތް އެޅުމަށާއި މިސްކިތްތައް މަރަމާތުކުރުމަށް ފައިސާ ހޯދުމުގެ މަޤްޞަދުގައި ފާހަނގަ ކުރަން ހަމަޖެހިފައިވާ މިސްކިތު ހަފްތާފެށުން ފާހަނގަ ކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް މިއަދުގެ ހުކުރު ނަމާދާއި ދިމާކޮށްވަނީ ފަންޑު ފޮށިތަކެއް ބެހެއްޓިފައެވެ.

ލަންދޫކައުންސިލް ޢިދާރާއިން އިޢުލާން ކޮށްފައިވާ ގޮތުން ލަންދޫ މިސްކިތު ފަންޑުފޮށްޓަށް ލިބޭފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ރަމަޟާން މަހަށް ލަންދޫގެ މިސްކިތްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް ކުރުމަށާއި ލަންދޫގައި ހުރި މިސްކިތްތަކުގެ ތެރެއިން މަރަމާތު ކުރަން ޖެހިފައިވާ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތައް ކުރުމަށެވެ.

ލަންދޫކައުންސިލް ޢިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މިސްކިތު ފަންޑުުފޮށި ރަށުކައުންސިލް ޢިދާރާގައި އަދި ބަހައްޓަލެވޭނެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz