މިސްރުގެ ރައްޔިތުން ބޭނުންވި ބަދަލް މިސްރަށް ގެނެސްފި

ޢަރަބި ޤައުމުތަކުގެ ތެރެއިން ހުޅަގާއި ގާތްގުޅުމެއް ބާއްވަމުން އައިސްފައިވާ ހުސްނީ މުބާރަކްގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހު އެ ގައުމުގައި ބޭއްވި ފުރަަތަމަ ރިއާސީ އިންތިހާބު ކާމިޔާބުކޮށް މިސްރަށް މިސްރުގެ ރައްޔިތުން ބޭނުންވި ބަދަލް މިއަދު ގެނެސްފިއެވެ.

މިސްރުގައި ބޭއްވުނު ތާރީހީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ހުޅަގުގެ ޤައުމުތަކުން ދީނީ ހަރުކަށި ޖަމާއަަތެއްގެ ގޮތުގައި ސިފްކުރަމުން އަންނަ މުސްލިމް ބުރަދަހުޑްގެ ކެންޑިޑޭޓް މުހައްމަދު މުރްސީ އެވެ.

އިއުލާނުކުރި ނަތީޖާގައިވާ ގޮތުން މުސްލިމް ބުރަދަހުޑްގެ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ މުރްސީ އަށް 13 މިލިއަނަށް ވުރެ ގިނަ ވޯޓް ލިބިފައިވެ އެވެ. މުބާރަކްގެ ވެރިކަމުގެ އެންމެ ފަހުގެ ބޮޑުވަޒީރު އަހުމަދު ޝަފީގަށް 12 މިލިއަނަށް ވުރެ ގިނަ ވޯޓް ލިބިފައިވެ އެވެ. މިއީ މުރްސީ އަށް 52 ޕަސެންޓް އަދި ޝަފީގަށް 48 ޕަސެންޓެވެ.

 ޢަރަބި ޤައުމުތަކުގެ ތެރޭގައި ހިމެނޭ މި މުޙިއްމުޤައުމުގެ ރައީސަކަށް މުސްލިމް ބުރަދަހުޑްގެ ކެންޑިޑޭޓް މުހައްމަދު މުރްސީ ހޮވުމާއި ގުޅިގެން މިސްރުގައި އުފާ ފާޅުކުރަމުންދާއިރު ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުން ވަކިން ޙާއްޞަކޮށް އިސްލާމީ ޤައުމުތަކުން އަންނަނީ މިސްރުގެ އައު ސަރުކާރަށް މަރުޙަބާ އާއި ތަހުނިޔާ ކިޔަމުންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz