މިފަހަރުގެ ޗެމްޕިއަންސްލީގު ގެންދާނީ ކޮންޓީމަކުންބާ !!؟

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކުރީގައި އުޅޭ ޔޫރަޕްގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ، އެންމެބޮޑު އަދި އެންމެ ވާދަވެރި މުބާރާތް ކަމުގައިވާ ޗެމްޕިއަންސްލީގުގެ ފައިނަލްގައި މިފަހަރު ބައްދަލުކުރާނީ ކޮންޓީމްތަކެއް ބާވައެވެ ؟ ޔޫރަޕްގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ އަގުބޮޑު މުބާރާތްކާމިޔާބު ކުރާނީ ކޮންޓީމެއް ބާވައެވެ ؟ މިއީ މިއަދު ފުޓްބޯޅައަށް ޝަޢުޤުވެރިވާ އަދި ފުޓްބޯޅައަށް ތަރުޙީބުދޭ އެންމެންގެ ހިތުގައި އުފެދިފައިވާ ބޮޑު ސުވާލެވެ.

ޗެމްޕިއަންސްލީގުގެ ސެމީއަށް ޓީމްތައް ހޮވިފައިވާއިރު މި މުބާރާތް ކާމިޔާބު ކުރުމުގެ ފުރުޞަތު ޖަރުމަނުގެ ޓީމަކަށާއި ، އިގިރޭސިވިލާތުގެ ޓީމަކަށާއި އަދި ސްޕޭނުގެ ދެޓީމަކަށް އެބައޮތެވެ. މުބާރާތުގެ ސެމީއަށް ގޮސްފައިވާ މިހަތުރުޓީމަކީވެސް މިއަދު ދުނިޔޭގައި ތިބި އެންމެ އަގުބޮޑު ، އެންމެ ނަންމަޝްހޫރު ކުޅުންތެރިންހިމެނޭ ނަންމަޝްޙޫރު ޓީމްތަކެކެވެ.

ޖަރުމަންގެ ބަޔާންމިއުނިކް ސެމީގައި ސްޕޭނުގެ ތަރިންގެ ރިއަލްމެޑްރިޑާއި ބައްދަލްކުރާމެޗް ވެގެންދާނީ މިމުބާރާތުގައި މިހާތަނަށް ކުޅެވޭނެ އެންމެފޯރިގަދަ މެޗްކަމަށް ގިނަބަޔަކު ބުނަމުންދާޢިރު ޗެމްޕިއަންސްލީގުގެ އެންމެފަހުގެ ޗެމްޕިއަން ސްޕޭންގެ ބާސަލޯނާ އާއި އިގިރޭސިވިލާތުގެ ޗެލްސީ ބައްދަލްކުރާ މެޗަކީވެސް ވަކި ފޯރިކުޑަވާނެމެޗަކަށް ވެގެންނުދާނެކަމަށް ފުޓްބޯޅަ ދިރާސާކުރައްވާ ފަރާތްތަކުން ފާހަގަކުރެއެވެ.

ފުޓްބޯޅަ ދިރާސާ ކުރައްވާ ގިނަފަރާތްތަކުން ލަފާކުރާގޮތުންނަމަ މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބައްދަލްކުރުން އެންމެ ކައިރީ ސްޕޭންގެ އެންމެ ވާދަވެރި ދެޓީމްކަމުގައިވާ ރިއަލް މެޑްރިޑާއި އެފްސީ ބާސާ އެވެ. މީގެ ތެރެއިން މުބާރާތުގެ ތަށި އުފުލާލާނީ ކޮންބައެއްކަން ނިންމުމަށް ގިނަބަޔަކުވަނީ ނުކުޅެދިފައެވެ. އެއްބަޔަކު މިފަހަރަކީ ރިއަލްގެ ފަހަރެކޭ ބުނާއިރު އަނެއްބަޔަކު ބުނަމުންގެންދަނީ މިފަހަރަކީވެސް ބާސާގެ ފަހަރެއް ކަމުގައެވެ. އަނެ ވާގޮތް ބަލަންތިބެމާ ހިނގާށެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޑްރޮގްބާ ރާއްޖެ އައުމަކީ ސިޔާމް މަޢުރޫފް ސޮކަކަޕްގެ ފުރިހަމަކަން އިތުރަށް ފުރިހަމަވެގެން ދާނެކަމެއް.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗަށް ޗެލްސީ އަދި އައިވަރީ ކޯސްޓުގެ …

ޚިޔާލެއްދެއްވާ

avatar
tinku
tinku

mi faharu molhu vaany berca…. berca is the best…. cr7 akah messi 1 fenvarakah nukulhevey……

mohamma
mohamma

މިފަހަރަކީ ޗެލްސީގެ ފަހަރު ، މިފަހަރު އިބުރާހިމްބެއަށް ހިނިތުންވުން ގެނެސްދޭނެ.

wpDiscuz