މިފަހަރުގެ ޔޫރޯ ކާމިޔާބުކުރާނީ ކޮން ޤައުމަކުންބާ ؟

ދުނިޔޭގައި ކުޅެވޭ އެންމެ ޝަރަފްވެރި ދެވަނަ ފުޓްބޯޅަ މުބާރާތްކަމަށްވާ ޔޫރޯ ފުޓްބޯޅަ މުބާރާތް މިއަންނަ ހުކުރު ދުވަހު ފެށޭއިރު ފުޓްބޯޅައަށް ލޯބިކުރައްވާ ، ފުޓްބޯޅައަށް ޝައުޤުވެރިކަންދޭ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ މިއަހަރުުގެ ޔޫރޯގެ ތަށި ހޯދާނެޓީމަކާއި މެދު އުފެދިފައިވާ ސުވާލެވެ.

ދުނިޔޭގެ އެންމެ ނަން މަޝްޙޫރު ގިނަ ކުޅުންތެރިންތަކެއްގެ ކުޅުން އެކުޅުންތެރިންގެ ޤައުމީޓީމުން ފެނިގެންދާ މި މުބާރާތްވެގެން ގޮސްފައިވަނީ ހީވެސްނުކުރާފަދަ ނަތީޖާތަކެއް ނިކުމެގެންދާ މުބާރާތެއްގެ ގޮތުގައެވެ. ގިނަފަހަރަށް މުބާރާތުގެ ހޮޓްފެވަރިޓުންގެ ގޮތުގައި މުބާރާތައް އަންނަޓީމްތައް ސެމީއަށްނުގޮސް ކަޓައިގެން ގޮސްފައިވެއެވެ. ހަމަ އެހެންމެ މުބާރަތުގައި ވިދާލާނެކަމަށް މީޑިޔާއިން އިސްތިހާރުކޮށް ބުނަމުންދާ ކުޅުންތެރިންގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ފެނިގެންގޮސްފައިވަނީވެސް މަދު މުބާރާތެއްގައެވެ.

ޔުކުރޭން އާއި ޕޮލެންޑުގައި ބޭއްވޭ މިއަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް މިއަންނަ ހުކުރުދުވަހު ފެށޭއިރު މީޑިޔާ ރިޕޯރޓްތައް ބުނާގޮތުންނަމަ މިއަހަރުގެ ވެސް ފެވަރިޓުންގެ ގޮތުގައި މިއުޅެނީ ދުނިޔޭގެ އެންމެ ނަންމަޝްހޫރު ޓީމްތައް ކަމަށްވާ ދުނިޔޭގެ ޗެމްޕިއަން ސްޕޭން އާއި މިހާރު ރަނގަޅު ފޯމެއްގައި އޮވެ ރަނގަޅު ކުޅުމެއް ދައްކަމުން ގެންދާ ޖަރުމަނާއި އަދި މޮޅަތި ކުޅުންތެރިންތަކެއް ހިމެނޭ ފްރާންސެވެ. ހަމަ މިއާއި އެކު އިގިރޭސި މީޑިޔާއިން އަބަދުވެސް ޕްރޮމޯޓްކުރާ އިގިރޭސި ވިލާތަކީވެސް މި ފަހަރުގެ ޔޫރޯ ކާމިޔާބުކުރުން އެކަށެނަ ޓީމެކެވެ.

މިހުރިހާ ޓީމެއްގެ ތެރެއިންވެސް ގިނަބަޔަކު ޤަބޫލްކުރާ ގޮތުގައި މިފހަރުގެ ޔޫރޯ ކާމިޔާބުކުރުން އެންމެ ގާތީ  އެވްރެޖު ޢުމުރުގެ ގޮތުން ބަލާއިރު މުބާރަތުގައި ވާދަކުރާ އެންމެ ޒުވާންޓީމްކަމުގައިވަ ޖަރުމަން ޓީމެވެ. ހަމަ މިއާއި އެކު ސްޕޭންގެޓީމުން މިފަހަރުގެ ތަށިވެސް އުފުލާލާނެކަމަށް ބުނާމީހުން މަދެއްނޫނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޔޫރޯގެ ދެވަނަ ތައްޓާއިއެކު ސްޕޭން ތާރީޙްގެ ތެރެއަށް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްޙޫރު އިޓަލީ އާއި ބައްދަލްކޮށް 4 ލަނޑު 0 ލަނޑުން މޮޅުވެ އިޓަލީ ލަނދު …

ޚިޔާލެއްދެއްވާ

avatar
wpDiscuz