މިފަހަރުގެ ދިވެހި ލީގަށް މީޑިޔާގެ ބޮޑު ސަމާލްކަމެއް

ކުރީ އަހަރުތަކާއި ޚިލާފަށް މިފަހަރުގެ ދިވެހި ލީގަށް މީޑިޔާތަކުގެ ސަމާލްކަން އިތުރުވެފައިވާކަން ފާހަނގކޮށްލަން ޖެހެއެވެ. މިގޮތުން މިފަހަރުގެ ލީގަށް އަމާޒްކޮށްގެން ވެރައިޓީ ސޯވަތައް ގެނެސް ދިނުމުގެ އިތުރުން މުހިއްމު މެޗްތައް ލައިވްކުރުމާއި ،  ކުޅެވޭ މެޗްތަކުގެ އުސްއަލިތައް ގެނެސް ދިނުމުގެ އިތުރުން ކުރިއަށް އޮންނަމެޗްތަކަށް ޓީމްތަކުންވަމުންދާ ތައްޔާރީތައް ކުރީ އަހަރުތަކަށްވުރެ ރަނގަޅަށް ގެނެސްދޭކަން ފާހަނގަކޮށްލެވެއެވެ.

މިފަހަރުގެ މުބާރާތާއި ގުޅޭގޮތުން މީޑިޔާއިން ޚާއްޞަކޮށް ރާއްޖޭގެ އެންމެގިނަބަޔަކު ބަލަމުންގެންދާ ދިވެހިރައްޔިތުންގެ ޓީވީ އެމް.ބީ.ސީ ގެ ޓީވީއެމް  އިން ގެނެސްދޭ ޕްރޮގްރާމްތަކުގައި ވަކިކޮޅަކަށް ބުރަނުވެ ، ދިވެހި ފުޓްބޯޅަގެ މުސްތަޤްބަލަށްޓަކައި ސާފްތެދު މަޢުލޫމަތުތައް ގެނެސްދެމުންދާކަން ވަރަށް ބޮޑަށް ފާހަނގަކޮށްލެވެއެވެ. ހާއްޞަކޮށް ބަހުސްއަކަށް ދާންޖެހޭކަހަލަ މަޢުލޫއެއްނަމަ ދެކޮޅަށްވެސް ވާހަކަ ދެއްކުމުގެ ފުރުޞަތު ހުޅުވާލެވި ބިނާކުރުވަނިވި ޚިޔާލްތައް ބެލުންތެރިންނާއ ހިސާބަށް ފޯރުކޮސް ދެވެއެވެ. މީގެ އިތުރުން މެޗްތައް ލައިވް ކުރަމުންދާއިރު މީގެ ކުރިއާއި ޚިލާފަށް ޕްރެޒެންޓަރަށް ނުވަތަ ކޮމެންޓްރީ ގެނެސްދެއްވާ ބޭފުޅަކަށް ދަނޑުމަތިން ފެންނަ އެއްޗެއް ޖެހިލުމެއްނެތި ސީދާސީދާ ބުނެލާކަން އުފަލާއިއެކު ފަހަނގަކޮށްލަން ޖެއެވެ. މިގޮތުން ބައެއްފަހަރަށް ރެފްރީންގެ ނިންމުން ރަނގަޅު ނޫންކަމާއި ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ޕާރފޯމަންސް އާއި ގުޅޭގޮތުން ބިނާކުރުވަނިވި ފާޑުކިޔުންތަކާއި ޚިޔާލްފާލުކުރުންތައް ފެނި އިވެމުންދާކަން ފާހަނގަކޮށްލަން ޖެހެއެވެ.

މީޑިޔާއިން މިފަހަރުގެ ދިވެހިލީގު ކަވަރުކުރުމުގައި ޓީމްތަކުގެ އިންޑިވިޖުވަލް ކުޅުންތެރިންނަށް މިހާރަށްވުރެ ބޮޑަށް ސަމާލްކަން ދެވިއްޖެކަމަށްވާނަމަ ދިވެހި ފުޓްބޯޅައިގެ ފޯރި މިހާރަށްވުރެވެސް ބޮޑުވެގެންދާނެއެވެ. ޚާއްޞަކޮށް ޓީވީތަކުން ގެނެސްދޭ ސޯވތަކުގައި ޓީމްތަކުގެ ކޯޗުންނާއި އޮފިޝަލުންނާއިއެކު ޓީމްތަކުގެ މުޙިއްމު ކުޅުންތެރިން ބައިވެރިކޮށް އެކުޅުންތެރިންނާއި ބެހޭ މަޢުލޫމާތުތައް ގިނައިން ގެނެސްދެވޭކަމަށްވާނަމަ ދިވެހި ލީގުގެ ފޯރި  އެތައްތަނަކުން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.

ހަމަ މިއާއިއެކު ދިވެހި ފުޓްބޯޅައަށް ދިމާވެފައިވާ އެއް ގޮންޖެހުންކަމަށްވާ ރެފްރީންގެ ބައިވެރިކުރުންވެސް މީޑިޔާއިން އިތުރުންކުރަން އެބަޖެއެވެ. ރެފްރީން ކުރާ ނުރަނގަޅު ކަންތައްތައް އަބަދު ފާހަނގަކުރުމުގެ ބަދަލްގައި ރެފްރީންކުރާ ރަނގަޅުކަންތައްތައްވެސް ފާހަނގަ އެފަރާތްތަކަށް ހިތްވަރުދޭން ޖެހެއެވެ.

އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި ދިވެހި ފުޓްބޯލަ ކުރިއެރުވުމަށް ބޭނުންވަނީ މިދާޢިރާގައި ހަރަކާތްތެރި ވެލައްވާ މީޑިޔާގެ ބޭފުޅުންގެ އިޚްލާސްތެރި ފާޑުކިޔުންތަކާއި ، ކަމާއިގުޅޭ ތަދު މަޢުލޫމާތުތައް ތާޒާކަންމަތީ އާއްމުންނާއި ހިސާބަށް ގެނެސްދިނުމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މާދަމާގެ ތަށި ރަށަށް ގެނެސްދީ – ސަޕޯރޓަރުން

މާދަމާއަކީ ފުޓްބޯޅައަށްޓަކައި މަރުދޭ ލަންދޫގެ ރައްޔިތުންނަށާއި މިލަދޫގެ ރައްޔިތުންނަށް ވަރަށް ހާއްޞަ ދުވަހެކެވެ. އެހެނީ މާދަމާއަކީ އަތޮޅުތެރޭގައި މިހާތަނަށް ބޭއްވޭ …

ޚިޔާލެއްދެއްވާ

avatar
wpDiscuz