މިވަގުތު ދުނިޔޭގައި ތިބި އެންމެ މުއްސަނދި 5 މަހުޖަނުން.

އަޅުގަނޑުމެންނަށް ވިސްނިފައި އޮންނަގޮތުން ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދި މަހުޖަނުން ތިބީ އެމެރިކާގައެވެ. އެހެންނަމަވެސް މިއަދުމި ވިސްނުންމިވަނީ ބަދަލުކުރަން ޖެހިފައެވެ. މިކަމާ އަދި ވިސްނާލައްވާށެވެ.

ދުނިޔޭގެ މަޝްހޫރު “ފޯރބޮސް މެގަޒިން”ގައި ވާގޮތުން މިހާރުދުނިޔޭގައި 1226 ބިލިއަނަރުން އެބަތިއްބެވެ. އެމީހުން ގެ މުޅި ރައުސުލްމާލުގައި ޖުމުލަ 4.6 ޓްރިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ވެއެވެ. މިއީ ދުނިޔޭގެ ދެވަނައަށް އެންމެ މީހުން ގިނަ ޤައުމު (އިންޑިޔާ) ގެ ޖީޑީޕީ ( ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް ) އަދަދާއި، އެއްވަރު އަދަދެކެވެ.

މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުން ގަދަ 5 ވަނަ ހޯދައިފައިވަނީ ކޮން ޤައުމު ތަކެއްގެ ބޭފުޅުންނެއްތޯ ބަލާލަމާ ހިންގަވާށެވެ.

1. ކާލޮސް ސްލިމް ހެލޫ.

މިއީ މެކްސިކޯގެ ބޭފުޅެކެވެ. އެއީ މެކްސިކޯގެ އެންމެ ބޮޑު ޓެލެކޮމިޔުނިކޭޝަންސް ކުންފުނީގެ އޯނަރެވެ. ލަފާކުރެވޭ ގޮތުގައި އޭނަގެ މިލްކިއްޔާތުގައި 69 ބިލިއަން އެމެރިކާ ޑޮލަރު ހުންނާނެއެވެ. މިލިސްޓްގެ އެއްވަނައިގައިވަނީ ވޭތުވެދިޔަ ތިންއަހަރުވެސް އުޅޭސްލިމް އެވެ. އެހެންނަމަވެސް ސްލިމް ގެ މިލްކިއްޔާތުން 5 ބިލިއަން ޑޮލަރު ވަނީ މިދިޔައަހަރު ދަށްވެފައެވެ.

2.ބިލްގޭޓްސް

މިލިސްޓްގެ ދެވަނައިގާ އުޅެނީ ދުނިޔޭގެ މަޝްހޫރު މައިކްރޯސޮފްޓް ކޯޕަރޭޝަންގެ ފައުންޑަރ ބިލްގޭޓް އެވެ. ބިލްގޭޓްގެ މިލްކިއްޔާތުގައި 62 ބިލިއަން އެމެރިކާޑޮލަރ ހުރިކަމަށް ވެއެވެ. ބިލްގޭޓަކީ އިންވެސްޓަރެއްގެ އިތުރުން ފުޅާދާއިރާއެއްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދީ އުޅޭ މަހުޖަނެކެވެ.

3. ވަރަން ބުފެޓް

މިއީ އެމެރިކާ ( ޔޫއެސްއޭ ) ގެ ރައްޔިތެކެވެ. ލިސްޓްގެ 3 ވަނަ މި މަހުޖަނު ހޯދާފައިވާއިރު މީނާގެ މިލްކިއްޔާތުގައި 44 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ވެއެވެ.

4. ބާރނާޑް އާނޯލްޓް

މިލިސްޓްގެ ހަތަރު ވަނަ ހޯދާފައިވާ އާނޯލްޓް އަކީ ފުރާންސްގެ ވިޔާފާރި ވެރިއެކެވެ. މީނާއަކީ ދުނިޔޭގެ މުއްސަނދިންގެ ލިސްޓްގެ ހަތަރުވަނައިގެ އިތުރުން ޔޫރަޕްގެ އެންމެ މުއްސަނދި މަހުޖަނެވެ. މިނާގެ މިލްކިއްޔާތުގައި 41 ބިލިއަށް ޑޮލަރު ހުރިކަމަށް ހިސާބުތަކުން ދައްކައެވެ.

5. އަމަންސިއޯ އޮރުޓެގާ

މިލްކިއްޔާތުގައި 39.5 ބިލިއަން ޑޮލަރު ހުރި ސްޕެއިންގެ އެންމެ މުއްސަނދި މަހުޖަނަކީ މިއަދު ދުނިޔޭގެ ލިސްޓްގެ 5 ވަނައެވެ.

ނޯޓް: މިއީ ދުނިޔޭގެ މަޝްހޫރު ވެބްސައިޓެއްކަމަށްވާ “ފޯރބޮސް މެގަޒިން” ގައި ވާ ލިޔުމެއް އަސްލެއްކަމަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

 

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރ.އަތޮޅު ޗެމްޕިއަންކަން މީދޫ ނަގައިފި.

މިނިވަން 50 ގެ މުނާޞަބަތުގައި މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ” މިއަހަރުގެ މުބާރާތުގެ ރ.އަތޮޅުގެ ޗެމްޕިއަންކަން …

ޚިޔާލެއްދެއްވާ

avatar
wpDiscuz