މިއަދު ނޫހާއި މެދު ފިޔަވަޅު އަޅަން ޖެހިދާނެ – ޑރ.ދީދީ

ރައްޔިތުންނަށް ކަމުގެ ޙަގީގަތް އޮޅޭފަދަ ދޮގުޚަބަރު ފެތުރުމަކީ ނޫސްވެރިކަމުގެ އުޞޫލާ މުޅީން ޚިލާފް ޢަމަލެއް ކަމަށާއި މިއަދު ނޫހާއި މެދު ފިޔަވަޅު އަޅަންޖެހި ދާނޭކަމުގެ އިންޒާރު އެމްޑީޕީގެ ރައީސް ޑރ.ދީދީ ދެއްވައިފި އެވެ.

” މަގުމަތީގެ ޙަރަކާތް ހުއްޓާލާ، މަޝްވަރާގެ މޭޒް އިސްކުރަންވެއްޖެ” މިސުރުޚީގެދަށުން މިއަދު ނޫހުގެ 8 އޭޕްރިލްގެ ޢަދަދުގައި ޑޮކްޓަރ ދީދީ އާއިޙަވާލާ ދެއްވާ ޝަހީދާ ސައީދު ލިއުއްވާފައިވާ ޚަބަރާއި ގުޅޭގޮތުން އެމްޑީޕީގެ ވެބްސައިޓަށް މައުލޫމާތުދެމުން ޑރ.ދީދީ ވިދާޅުވީ އެއީ އެބޭފުޅާ ދެއްވާފައިވާ ބަސްތީގަތުމެއް ނޫން ކަމަށެވެ.

ޑރ.ޑީޑީ ވިދާޅުވީ މިޚަބަރު ފެނުމާއެކު މިޚަބަރު ލިއުއްވި ޝަހީދާ ސަޢީދު އާ ފޯނުން ގުޅުއްވިކަމަށާ ނަމަވެސް އެކަމަނާ ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން މިއަދު ނޫހަށް ގުޅުއްވާ، އެމަނިކުފާނު މިއަދުނޫހަށްވެސް އަދި ޝަހީދާ އަށްވެސް ބަސްދީގަތުމެއް ދެއްވާފައިނުވާ ހިނދު، މިޚަބަރަކީ ކޮންގޮތަކުން މިއަދުނޫހުން ޙޯއްދެވި ޚަބަރެއްތޯ ސުވާލު ކުރެއްވިކަމަށެވެ.

އެނޫހުގެ އިސްފަރާތެއް ކަމުގައިވާ ގަބޭލަތީފާއި ހަވާލާދީ ވިދާޅުވީ އެޚަބަރަކީ ޑީޑީ ދިޓީވީއަށް ދެއްވާފައިވާ ބަސްދީ ގަތުމަކުން ތަންތަންކޮޅު ނަގައިގެން ތައްޔާރުކޮށްފައިވާ ޚަބަރެއް ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

“ދިޓީވީއަށް ދެއްވާފައިވާ ޚަބަރެއް އެޓީވީއާ ޙަވާލާ ނުދީ އެހެން ނޫހެއްގައި ލިއުމަކީ ނޫސްވެރިކަމުގެ ސުލޫކީ މިންގަޑާ ޚިލާފް ކަމެއްކަން އެނގިހުރެ، އަދި ޑރ. ޑީޑީ ވިދާޅުނުވާ ވާހަކައެއް އުފައްދައިގެން ރައްޔިތުންނަށް ކަމުގެ ޙަގީގަތް އޮޅޭ ގޮތަށް މިއަދު ނޫހުގައި އެފަދަ ދޮގުޚަބަރެއް ޝާއިޢު ކޮށްފައިވާތީ މިކަން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަން” އެމްޑީޕީގެ ވެބްސައިޓަށް މައުލޫމާތުދެމުން ދީދީ ވިދާޅުވި އެވެ.

ޑރ.ޑީޑީ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ކަމުގެ ޙަގީގަތް އޮޅޭފަދަ ދޮގުޚަބަރު ފެތުރުމަކީ ނޫސްވެރިކަމުގެ އުޞޫލާ މުޅީން ޚިލާފް ޢަމަލެއްކަން ބަޔާންކުރައްވާ މިފަދަ ކަންކަން ކުރާފަރާތް ތަކާމެދު ފިޔަވަޅު އަޅަންޖެހި ދާނޭކަމުގެ އިންޒާރު މިއަދު ނޫހަށް ދެއްވާ، މިފަދަ ދޮގު ޚަބަރެއްގެ ސަބުން ރައްޔިތުންގެ މެދުގައި މަސްލަހަތު ގެއްލި ހަމަނުޖެހުން ހިނގާފާނޭކަމުގެ ބިރު އެބަ އޮތްކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ފިއްތުންތައް ކުރިމަތިވާނަމަ ސިޔާސީ އެހެން ދިމާއަކުން ފެނިދާނެ – ޑީޑީ

ފިއްތުންތައް ކުރިމަތިވާނަމަ ސިޔާސީ އެހެން ދިމާއަކުން ރައްޔިތުންނަށް ޚިދުމަތް ކުރަން ޖެހިދާނެކަމަށް ޑީޑީ ވިދާޅުވެއްޖެ މިހާރު ކުރައްވަމުންދާ މަސައްކަތަށް އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz