މިއަދުގެ މެޗު ކެނދިކޮޅު ޓީމަށް

ލަންދޫ ފުޓްބޯޅަ ޓީމަކާއި ކެނދިކޮޅު ޓީމަކާއި ދެމެދު މިއަދު ހަވީރު ކުޅެވުނު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗު ކެނދިކޮޅު ޓީމުން ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު ކެނދިކޮޅު ފުޓްބޯޅަ ދަނޑުގައި ކުޅެވުނު މިމެޗް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅެމުން ގޮސްފައިވަނީ ކެނދިކޮޅު ޓީމުންނެވެ. ނަތީޖާއަކަށް ވެގެންދިޔައީ ލަންދޫ ޓީމްގެ ފަހަތަށް ބާރު ބޮޑުވެ ކެނދިކޮޅު ޓީމްގެ ތަހުޝީމް އާއި ސިމައްޓޭ އެޓީމަށް ގޯލް ކާމިޔާބު ކޮށްދިނުމެވެ. މި ދެގޯލް ޖެހި ވަގުތު ލަންދޫ ޓީމްގެ ޑިފެންސްލައިން ވަރަށް ބޮޑަށް ރޫޅިގެން ގޮޮސްފައިވާތަން ފެނިގެން ދިޔައެވެ.

މި ނަތީޖާގައި އޮވެ މެޗްގެ ފުރަތަމަ ހާފް ނިމުމަށްފަހު ދެވަނަ ހާފް ލަންދޫ ޓީމުން ފަށާފައިވަނީ ބެންޗުގައި އިން ނުރައްކާތެރި ފޯވާރޑް ސަމައްޓޭ އާއި ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ކުޅެއް އެރި ހަބީ އާއި އެކު ޓީމްގެ ރޭވުމަށް ބޮޑު ބަދަލެއް ގެނެސްގެންނެވެ.

ދެވަނަ ހާފް ފެށިތާ މާގިނަ އިރުތަކެއް ނުވަނީސް ލަންދޫ ޓީމުން މެޗްގެ ކޮންޓްރޯލް އަތުލިތަން ފެނިގެން ދިޔައެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ލަންދޫ ޓީމުން މެޗްގައި ޖެހި ފުރަތަމަ ލަނޑު މިވަގުތު ލަންދޫ ކުއްޖަކާއި ކައިވެނިކޮށްގެން އުޅޭ ނ.މާފަރަށް އުފަން ހުނަރުވެރި ކުޅުންތެރިޔާ ހަބީ ލަންދޫ ޓީމަށް ކާމިޔާބު ކޮށްދިނުމެވެ. ނަމަވެސް ހަބީ މި ލަނޑު ކާމިޔާބު ކޮންދިންތާ މާގިނަ އިރުތަކެއް ނުވެ އުޅެނިކޮށް ކެނދިކޮޅު ޓީމްގެ ތިންވަނަ ގޯލް ސިމައްޓޭ ކާމިޔާބު ކޮށްދިނެވެ.

ލަންދޫޓީމުން ދެވަނަ ހާފުގައި ގެނައި ބަދަލްތަކާއި އެކު އެޓީމުން ކުރި ހިތްވަރުން ސާތިޢު އާއި ސަމައްޓޭ ގެ ލަނޑުން ނަތީޖާ 3-3 އަށް ބަދަލް ކޮށްލި ނަމަވެސް ކެނދިކޮޅު ޓީމުން މި މެޗުން މޮޅުވުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗްނިމެން ދެތިން މިނެޓަށް ވެފައި ވަނިކޮށް އެޓީމްގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ޒައިލަމް އެޓީމަށް ކާމިޔާބު ކޮށދިން ގޯލުންނެވެ.

މިއަދުގެ މެޗަށް ކެނދިކޮޅަށް ކުރިދަތުރު ޚަރަދު ހަމަޖައްސައި ދީފައިވަނީ މިިހާރު އެމްޑީއޭ ގެ ނަމުގައި ސިޔާސީ ޕާރޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ސަންޓްރެވަލް ޝިޔާމްގެ އޯނަރުކަމުގެ ދަށުން ދުއްވާ އިރުދޯނީގެ ފަރާތުން އެދޯނީގެ ކެޕްޓަން ނ. ލަންދޫ މުސްތަރީގޭ އަޙްމަދު މުހައްމަދު ( ޕަޓޭ ) އެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ރ.އަތޮޅު ޗެމްޕިއަންކަން މީދޫ ނަގައިފި.

މިނިވަން 50 ގެ މުނާޞަބަތުގައި މުޅިރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ “އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ” މިއަހަރުގެ މުބާރާތުގެ ރ.އަތޮޅުގެ ޗެމްޕިއަންކަން …

ޚިޔާލެއްދެއްވާ

avatar
ތަރަބެ
ތަރަބެ

ނޭރުވީކީ ނޫން ހުރި ފޮނިކަމުން ނޭރީ! ހުންނަނީ ތިމާޔަށް ތިމާ ފެނިފަ، މިހާރުގެ ގޮތުންނަމަ އޮމަޅު އަރާފަ.

ފަންރިޔާ
ފަންރިޔާ

ލަންދޫ ޓީމަށް މިއަދުވީ ކަންޒުކަހަބާއި މުސަޅަށްވީގޮތް ، ފަހުންއަރާ މޮޅުވާން ވެގެން ސަމައްޓޭ އާއި ހަބީމެން ފަދަ ކުޅުންތެރިން ފުރަތަަމަ ތިބީ ބެންޗުގައި ، ދެންވެސް މިފަދަ ކަންތައްތަކުގައި އަމިއްލަ ނަފްސަށް ބޮޑާ ނުވޭ !

wpDiscuz