މިއަދުގެ ވަގުތެއްގައި ދެ އެކްސްކަވޭޓަރ ލަންދޫއަށް އަރުވާނެ – މަޖޫ

މަސައްކަތް ކުރާނީ ސިޔާސީ ކުލަނުޖެހިކުރެވޭ މަސައްކަތެއްގެ ގޮތުގައި – ފަޔާ

ލަންދޫގައި މިހާރު ހަދަމުންގެންދާ ފަނޑިޔާރު މަގު ހެދުމުގެ މަސައްކަތް ފެށުމަށްޓަކައި ދެ އެކްސްކަވޭޓަރ މިއަދުގެ ވަގުތެއްގައި ލަންދޫއަށް އެރުވޭނެކަމުގައި ލަންދޫގެ ފުރަތަމަ ކައުންސިލަށް އަދި ލަންދޫގައި ހަރަކާތްތެރިވެލައްވާ  އެމްޑީޕީގެ އެންމެ އިސް އެކްޓިވިސްޓް އަލްފާޟިލް މަޖުދުﷲ ޢަބްދުއްރައްޒާޤް ( މަޖޫ ) ހާމަކުރައްވިފިއެވެ.

ލަންދޫކައުންސިލް ޢިދާރާއިން ދާދިފަހުން ލަންދޫރައްޔިތުންނާއި ބައްދަލްކުރައްވާ ދެއްވި މަޢުލޫމާތުން 50 ޕަސަންޓްގެ މަސައްކަތް ނިމިފައިވާ މިމަގުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން އެމަސައްކަތް ފެށުމަށްޓަކައި މި މަގުހެދުމަށް ބޭނުންވާ ސާމާނު މިއަދު ލަނދޫއަށް އެރުވޭއިރު މަގުހެދުމުގެ މަސައްކަތް މިއަދު މިވަނީ ވަރަށްބޮޑު ސިޔާސީ ކަންތައް ގަނޑަކަށް ވެފައެވެ.

ނ.އަތޮޅުގައި އޮންނަ ރިޒޯޓެއްކަމުގައިވާ ފުށިވެލަވަރު ރިޒޯޓާއި، ނ.ލަންދޫ ކައުންސިލް ގުޅިގެން ނ.ލަންދޫގައި ކުރަންފެށި މި މަސައްކަތުގައި ސިޔަސީ ކުލަޖެހިގެން ދިޔައީ މި މަސައްކަތުގެ ވަކި ހިސާބަކުން މިމަސައްކަތަކީ އެމްޑީޕީން ކުރާ މަސައްކަތެއްގެ ގޮތުގައި ކުރުމަށް ލަންދޫ އެމްޑީޕީ ގޮފިން ނިންމުމާއި ގުޅިގެންކަމަށް ބައެއްފަރާތްތަކުން ހާމަކުރައްވައެވެ.

މިކަންތަކާއި ގުޅިގެން މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ލަންދޫކައުންސިލް ޢިދާރާއިންވަނީ ލަންދޫގެ ރައްޔިތު ފިރިހެނުންނާއިވެސް ބައްދަލްކުރައްވާފައެވެ. ބައްދަލްވުން ނިމެމުންދިޔަވަގުތު ހޫނުވެގެންދިޔަ މިބައްދަލްވުމުން ނިންމާފައިވަނީ މިމަގުހެދުމުގެ މަސައްކަތުގައި ސިޔާސީ ކުލަނުޖައްސާ ކުރިއަށް ގެންދެވޭނެގޮތެއް ހޯދާ އެގޮތައް މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މިއަދުގެ ވަގުތެއްގައި ލަންދޫއަށް ދެ އެކްސްވޭޓަރ ގެނައުމަށް ހަމަޖެހިފައިވާއިރު މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ލަންދޫ ކައުންސިލް ޢިދާރާގެ ރަޢީސް އަލްފާޟިލް މުޙައްމަދު ފަޔާޟް ( ފަޔާ ) ވެސް ވަނީ މިއަދުގެ ވަގުތެއްގައި ލަންދޫއަށް ދެ އެކްސްވޭޓަރ ގެންނާނެކަން ކަށަވަރު ކޮށްދެއްވާފައެވެ.

ލަނދޫގައި އޮންނަ އެމްޑީޕީ ގޮފިން މަގުހެދުމުގެ މަސައްކަތް ކުރާނީ އެގޮފީގެ ފަރާތުން ކުރާކަމެއްގެ ގޮތުގައި ހާމަކުރެއްވިނަމަވެސް ފަޔާ ވިދާޅުވީ މިއަދު އަލުން މަގުހެދުމުގެ މަސައްކަތް ފެށުމަށް އެއްޗެތި މިއަރުވަނީ ހަމަ ކުރިއެކޭވެސް އެއްފަދައިން މަސައްކަތް ކުރިއަށް ގެންދާ ގޮތަށެވެ.

ލަންދޫކައުންސިލް ރައީސް ފަޔާޟް އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި މި މަސައްކަތްކޮށްދެއްވާ ފަރާތުންވެސް ބޭނުންވެލައްވަނީ މި މަސައްކަތުގައި ސިޔާސީ އެއްވެސް ކުލައެއް ނުޖައްސާ ރަށުގެ މަސްލަހަތު ނުގެއްލޭފަދަ ގޮތަކަށް މަސައްކަތް އަވަހަށްކޮށް ނިންމާލުމަށެވެ. މި މަސައްކަތާއި ގުޅިގެން ރަށުގައި އުފެދިފައިވާ ދެބަސްވުންތައް ހައްލުކުރެްވުމަށްޓަކައި ލަންދޫގައި ހަރަކާތްތެރިވެލައްވާ ޕާރޓީތަކުގެގެ މެދުގައި މަޝްވަރާ ކުރުމަށް ދައުވަތު މިހާރު ފޮނުވިފައިވާކަމަށްވެސް ފަޔަ ހާމަކުރެއްވިއެވެ.

ލަންދޫގެ ތަރައްޤީއަށް ވިސްނާ ،  ލަންދޫއަށް ހެޔޮއެދޭ އެންމެހާ ދަރީންގެ އުއްމީދަކީ ލަންދޫގެ ކުރިއެރުމާއި ތަރައްޤީއަށް ކުރެވޭ މިފަދަ މަސައްކަތްތަކީ ސިޔާސީ ކަންތައް ގަނޑަކަށްނުވެ އަމާން އޮމަންކަމާއިއެކު އަވަސް ސްޕީޑްގެ ކުރެވި ނިމިގެން ދިއުމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ ޕްރޮގްރާމެއް 3 އަތޮޅެއްގެ ބައިވެރިންނަށް ހިންގައިފި

3 އަތޮޅެއްގެ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ …

ޚިޔާލެއްދެއްވާ

avatar
ަައަަންވަަރު ބިސް
ަައަަންވަަރު ބިސް

ކޮބާތަ ފަނޑިޔާރު މަގަކީ މޫސަ..؟ ނޭނގޭތީ ހަމަ އަހާލީ….!!

wpDiscuz