މިއަހަރުގެ ޓީޗަރުންގެ ދުވަސް ލަންދޫ ސްކޫލްގައި ފާހަގަކުރަމުން އެބަދޭ.

ޓީޗާރސްޑޭ ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި އެސެމްބްލީގެ ތެރެއިން / ފޮޓޯ: ޒީރޯ

މިއަހަރުގެ ޓީޗަރުންގެ ދުވަސް ލަންދޫސްކޫލްގައި ވަރަށް ކުލަގަދަކޮށްފާހަގަކުރަމުން އެބަދެއެވެ. 5 އޮކްޓޯބަރ 2012 ވާ ހުކުރު ދުވަހަކީ (މާދަމާއަކީ ) މިއަހަރުގެ ޓީޗަރުންގެ ދުވަސް ކަމަށްވުމުން އެދުވަހުގެ މުނާސަބަތުގައި މިއަދު ލަންދޫސްކޫލްގައި ޕްރޮގްރާމްތަކެއް ކުރިއަށް އެބަގެންދެއެވެ.

ދުވަހުގެ މުނާސަބަތުގައި ލަންދޫސްކޫލުން މިއަދު ހެނދުނުވަނީ ވަރަށް ޚާއްޞަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީ އިންތިޒާމް ކޮށްފައިވަނީ ލަންދޫސްކޫލްގެ ޔުނެސްކޯ ކްލަބުގެ ފަރާތުންނެވެ.

މި އެސްމްބްލީގައި ޔުނެސްކޯ ކްލަބްގެ ފަރާތުން ތައްޔާރުކޮށްފައިވާ ޓީޗަރސްޑޭގެ ކޭކްފެޅުން އޮތެވެ. ކޭކް ފަޅައިދެއްވީ ލަންދޫސްކޫލްގެ އެންމެ ގިނަދުވަސްވީ ޓީޗަރ ، ޕްރައިމަރީ ޓީޗަރ އަލްފާޟިލާ މަރިޔަމް ޔޫސުފު އިސްވެ ހުންނަވައިގެން ހުރިހާ ޓީޗަރުން ވެގެންނެވެ.

މިއަދުގެ އެސެމްބަލީގައި ޔުނެސްކޯކްލަބުގެ ދަރިވަރުންގެ ފަރާތުން ދުވަހާގުޅޭގޮތުން ވާހަކަދެއްކުމާއި، ޕޮޔަމް ކިޔުން އޮތެވެ. އަދި އެކްލަބުގެ ފަރާތުން ޓީޗަރުންނަށް ހަދިޔާކުރި ޝީލްޑާއި، ކާޑް ބެހުންވެސް އޮތެވެ.

ލަންދޫސްކޫލްގެ މިއަހަރުގެ ގްރޭޑް 10 ގެކުދިްނގެ ފަރާތުންވެސް މިއަދުގެ އެސެމްބްލީގައި ސެޓްފިކެޓް ދިނުން އޮތެވެ. ގްރޭޑް 10 ގެ ކުދިންގެ ފަރާތުން ސެޓްފިކެޓް ދިނީ މިއަހަރު ގްރޭޑް 10 ށް ކިޔަވައިދެއްވަން ދުރުވާ ޓީޗަރުންނަށެވެ.

ލަންދޫސްކޫލުން މައުލޫމާތު ދެއްވާގޮތުގައި މިރޭ އެސްކޫލްގައި އޮންނާނީ ޕީޓީއޭގެ ފަރާތުން އެސްކޫލްގެ ޓީޗަރުންނަށް ދޭ ފެއަރވެލް ޕާޓީއެކެވެ. މިޕާޓީގައި ބެލެނިވެރިންގެ ފަރާތުން ހުށަހަޅާ ސްޓޭޖް ތަމްސީލަކާއި، ޓީޗަރުންގެ ފަރާތުން ހުށަހަޅާ ކުރުފިލުމަކާއި، ލަަވަބާޒީއެއް އޮންނާނެއެވެ. އަދި މީގެ އިތުރުން ޓީޗަރުންނާއި މެދު ބެލެނިވެރިންގެ ހިތުގައި އުފެދޭ ޝުޢޫރު ފާޅުކުރުންވެސް މިރޭގެ މި ޕާޓީގައި އޮންނާނެކަމަށްވެސް ލަންދޫސްކޫލުން މަޢުލޫމާތު ދެއްވައެެވެ.

ލަންދޫސްކޫލަކީ 1965 ން ފެށިގެން ތައުލީމީ ޚިދުަމަތުގައި މެދުކެނޑުމެއްނެތި ހިނގަމުންއަންނަ މިހާރު ގްރޭޑް 10 ށް ކިޔަވައިދޭ ސްކޫލެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަ މުބާރާތް ފަށައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަމުބާރާތް މިއަދު އެ ސްކޫލްގައި ފަށައިފިއެވެ. މި މުބާރާތް ފެށުމަށް މިއަދު ލަންދޫސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz