މިއަހަރުގެ ސީޒަންވެސް ހުޅުވުމުގެ ގޮތުން މާފަރާއި ބައްދަލްކުރަނީ

ލަންދޫއަކީ އަހަރު ތެރޭގައި އެކުވެރިކަމުގެ ގިނައަދަދެއްގެ ފުޓްބޯޅަ މެޗްތަކެއް ކުޅޭ ރަށަކަށްވާއިރު މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން މިއަދު މާފަރުގެ ޓީމާއި ބައްދަލްކުރާނެއެވެ.

ވޭތުވެދިޔަ އަހަރުވެސް ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ފުރުތަމަ މެޗުގައި ބައްދަލްކޮށްފައިވަނީ މާފަރު ޓީމަކާއެވެ. ވޭތުވެދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ލަންދޫގައި ކުޅެވުނު މިމެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްފައިވަނީ މާފަރުޓީމެވެ. އެމެޗަށްފަހުވެސް ތަފާތު ހަތރުފަހަރެއްގެ މަތިން މާފަރުގެ ޓީމްތަކާއި ދެކޮޅަށް ލަންދޫގެ ޓީމްތައް ވޭތުވެދިޔަ އަހަރު ބައްދަލްކޮށްފައިވެއެވެ. މިގޮތުން އެންމެފަހުން މާފަރާއި ދެކޮޅަށް ލަންދޫގެ ދެޓީމެއްވަނީ އެއްދުވަހެއްގައި މާފަރުގައާއި ލަންދޫގައި މެޗްތައް ކުޅެފައެވެ. އެމެޗްތަކުގެ ތެރެއިން މާފަރުގައި ކުޅުނު މެޗް 3 – 3 ން އެއްވަރުވެފައިވާއިރު ލަންދޫގައި ކުޅުނުމެޗް 7 ލަނޑު 3 ލަނޑުންވަނީ ލަންދޫގެ ޓީމް ކާމިޔާބު ކޮށްފައެވެ.

މިއަދުގެ މެޗަށް މާފަރުޓީމް ލަންދޫއަށް އަންނައިރު ދާދިފަހުން މާފަރުގައިވަނީ ވަރުގަދަ މުބާރާތެއް ނިންމާލައިފައެވެ. މިހެންކަމާއިއެކު މާފަރުން މިއަދު އަންނާނެކަމަށް ބެލެވެނީ ވަރަށް ފިޓް ވަރަށް ވަރުގަދަ ޓީމެކެވެ. މާފަރުގެ ޓީމްގައި ރާއްޖޭގެ ޤައުމީޓީމަށް ކުޅެމުންއަންނަ އުއްމީދީ ކުޅުންތެރިޔާ އަކުރަމް އަބްދުލްޤަނީވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ.

ލަންދޫޓީމަށް ބަލާލާއިރު ލަންދޫގައިހުރި އެންމެ މޮޅުކުޅުންތެރިޔާ ޔޫސުފް ޢަބްދުއްރަޙީމް ޔޫއްޓޭ މިވަގުތުހުރީ މާލެގައެވެ. އެއްނަމްބަރ ފޯވާރޑް މުޙައްމަދު ސަމާޙް ސަމެއްޓޭ އާއި އުއްމީދީ ކުޅުންތެރިޔާ އަޙްމަދު ޝަންމޫން އާއި ތަޖުރިބާކާރު މިޑްފީޅްޑަރ ޢަބްދުﷲ ޢާރިފް އާރިއްޕެ މިވަގުތު ތިބީ ރ.އަތޮޅުގައެވެ. އަދިމީގެ އިތުރުން ނާގޭ ވެސް މިވަގުތު ނެތުމާއެކު ލަންދޫއިން ނިކުންނާނީ ވަރަށް އާ ޓީމެއްކަމަށް ބެލެވެއެވެ.

މިއަދުގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައި ލަންދޫގެ ފުޓްބޯޅަ ދަނޑުގައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz