މިއަހަރުގެ ފިތުރު ޒަކާތް ލަންދޫގައި ބަަލައިގަންނަން މާދަމާފަށާނެ.

މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން މާލެއާއި، ރާއްޖޭގެ ގިނަރައް   ތަކެއްގައި ރަމަޟާން މަހުގެ 3 ވަނަދުވަހުން ފެށިގެން ބަލައިގަންނަން ފެށިކަމުގައިވިޔަސް މިއަހަރުގެ ފިތުރުޒަކާތް ބަލައިގަތުން ނ.ލަންދޫގައި ފަށާނީ މާދަމާކަމުގައި ލަންދޫ ކައުންސިލް އިދާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

ލަންދޫކައުންސިލުން މިއަދު ޢާއްމުކުރި އިޢުލާނެއްގައިވަނީ މާދަމާއިން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކުވެސް ހެނދުނު 9:30 ން 12:00 ށް ބަލއިގަތުން އެކައުންސިލްގެ އިދާރާގައި އޮންނާނެކަމަށާއި، ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ 15 އޯގަސްޓް 2012 ވާ ބުދަދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ.

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އާދައިގެ ހަނޑުލުން ނަމަ 11.64 ރ. އެވެ. ތައިލެންޑް ހަޑުލުންނަމަ 40.08ރ. އެވެ. އަދި ބާސްމަތި ހަޑުލުންނަމަ 60.00 ރ. އެވެ.

މިއަހަރުގެ ފިތުރު ޒަކާތާއި، މުދަލު ޒަކާތް ބެހުމަށް ފަޤީރުންނާއި، މިސްކީނުންގެ ލިސްޓް ނަގަން ބޭނުންވާތީ އެފަދަމީހުން ނަންނޯޓް ކުރުމުގެ ފުރުޞަތުވެސް ލަންދޫ ކައުންސިލުން  ހުޅުވާލިވާހަކަވެސް މިއަދު ވަނީ އެކައުންސިލުން އިއުލާން ކުރައްވާފައެވެ. ނަންނޯޓް ކުރުމުގެ އެންމެ ފަހު ތާރީޚަކީ 12 އޯގަސްޓް 2012 ވަނަދުވަސްކަމަށާއި، ނަންނޯޓް ކުރުމަށް ވަޑައިގަންނަވާއިރު އައިޑީ ކާޑް ގެންނެވުމަށް އެކައުންސިލުގެ އިޢުލާންގައި ވެެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz