މިއަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ވާނީ އޮކާޗީ – ކުޅުންތެރިން

ލަންދޫގައި ޒަމާނުންސުރެ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެއްގެ ގޮތުގައި ބޭއްވެމުން އަންނަ ފުޓްބޯޅަ މުބާރާތަކީ ” ހޮލިޑޭކަޕް ” ފުޓްބޯޅަ މުބާރަތެވެ. މި މުބާރާތް އިތުރަށް ފޯރިގަދަވެ ، ބޮޑަށް ވައިގައި ހިފައިގެން ގޮސްފައިވަނީ ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) އުފެދުމަށް ފަހު އެޖަމްޢިއްޔާއިން އިސްނަގައިގެން މި މުބާރާތް ބާއްވަން ފެށިފަހުންނެވެ.

މިގޮތުން ރަށުގެ ޒުވާނުންތައް އަލުން ބަލުން 4 ޓީމަކަށް ބަހާލައިގެން މުބާރާތް ބާއްވަން ފެށިފަހުން ޓިމްތަކުގެ ވާދަވެރިކަންވަނީ އެތައް ތަނަކުން އިތުރުވެފައެވެ. އަދި ވަކިން ޚާއްޞަކޮށް މިދިޔަ އަހަރުގެ މުބާރާތާއި ގުޅުވަލައިގެން މުބާރާތުގެ ޓްރާންސްފާރ ޤަވާޢިދަށް ގެނެވުނު ބޮޑު ބަދަލްގެ ސަބަބުން ޓީމްތަކުގެ ވާދަވެރިކަށްވަނީ މާ ބޮޑަށް އިތުރު ވެފައެވެ.

ލިޔެސް އިން އިސްނަގައިގެން  ހޮލިޑެކަޕް ބާއްވަން ފެށުނުފަހުން ބޭއްވުނު ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދި އެފްސީ އޮކާޗީ އަކީ ނިސްބަތުން މޮޅަތި ކުޅުންތެރިން މަދު ތީމެއްނަމަވެސް މިއަހަރު އެޓީމުން ކުރިމަތި ލާނީ ވޭތުވެދިޔަ ދެ އަހަރު ދިމާވި ހިތްދަތިކަން ފިލުވާލައި މީގެ ދެ މުބާރަތްކުރިން އެޓީމް ހޯދި ތަށި ހޯދުމަށްކަމަށް އެޓިމްގެ ކުޅުން ތެރިން ބުނެއެވެ.

މިއަހަރުގެ ހޮލިޑޭކަޕަށް އެންމެ ފުރަތަމަ ތައްޔާރުވާން ފަށަފައިވާ ޓީމަކީވެސް އެފްސީ އޮކާޗީ އެވެ . ވޭތުވެދިޔަ އަހަރު ބޭއްވުނު ކާމިޔާބު ” ބަޑިފެމެލީ ހޮލިޑޭ ކަޕް ފުޓްބޯޅަ ” މުބާރާތް ލަނޑު ގޯންޏަކާއި އެކު ހުސްއަތާއި ނިންމާލަން ޖެހުނު އެފްސީ އޮކާޗީން ވަނީ މިދިޔަ އަހަރުގެ މުބާރަތް ނިމުނުތަނާ މިއަހަރުގެ މުބާރާތައް އެޓީމްގެ ތައްޔާރީތައް ފަށާފައެވެ.

އެފްސީ އޮކާޗީގެ އެންމެ ސީނިއަރ ބައެއްކުޅުންތެރިން ” ލަންދޫއިންފޯ ” އަށް މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރުގެ މުބާރާތާއި އެޓިމުން ކުރިމަތިލާނީ އެހެންޓީމްތަކުގައި ތިބި ބައެއް ހުނަރުވެރި މޮޅަތި ކުޅުންތެރިންނާއި ރަށުން ބޭރުގެ މޮޅަތި ކުޅުންތެރިން ހޯދައިގެން ހަމަ ސީދާ ތަށި ހޯދުމަށެވެ. މިގޮތުން ވޭތުވެ ދިޔަ އަހަރު އެޓީމަށް ކުޅުނު މަޝްހޫރު ކުޅުންތެރިޔާ ފުޤޭ މިއަހަރުވެސް އެޓީމަށް ގެންނާނެއެވެ.

މިއަހަރުގެ މުބާރާތް މި އަހަރުގެ ޑިސެމްބަރ 12  ( 2012 – 12 – 12  ) ގައި އޮންނާނެކަން މިހާރުވަނީ އިޢުލާނު ކޮށްފައެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މިއަހަރުގެ ހޮލިޑޭކަޕް ” 12/12 ” ގައި

ލަންދޫގައި ބޭއްވޭ އެންމެ ޝަރަފްވެރި ، އެންމެ ބޮޑު އަދި އެންމެ ފޯރި ގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ” …

ޚިޔާލެއްދެއްވާ

avatar
ކޭޑީ
ކޭޑީ

އޮކާޗީ ކުޅުން ތެރިން ވަރުގަދަ ވާނެ ކަމާމެދު އިތުރު ސައްކެއްނެތް……… ނާއްޕެ ވެސް އެބަހުރި!!!!

މޯޑް
މޯޑް

މަ ދެކޭ ގޮތުގައި މިފަހަރު އެންމެ ވަރުގަދަ ކުރާނީ ވެލޯސިޓީ ، މިހާރުވެސް އަޑުތައް އިވޭގޮތުން ޗެލެންޖާރސްގެ އެންމެ އުއްމީދީ ދެ ފޯވާޑުންވަނީ ވެލޯސިޓީ އާޢި އެކު ޑީލް ހަދާފަ އަދި ކީޕަރ ހަސަނިކް ވަނީ ވެލޯސިޓީއަށް ދާން ނިންމާފަ ، އޮކާޗީ މަހަށްދާން ޖެހިއްޖެ ޔޫއްޓޭ އަށާއި ޖަވާއަށް ވަރަށް ހުތުރު .

އުސްމާން
އުސްމާން

ޮއޮކާޗީ ޖެހޭނީ މަހައްދާން މިފަހަރުވެސް…. ޑްރީމް ޓީމަކަށްވާނީ ޕަސަންޓް މިފަހަރުވެސް.

wpDiscuz