މިއަހަރުގެ އަންހެނުންގެ ދުވަސް ، ލަންދޫސްކޫލްގެ ޔުނެސްކޯ ކްލަބްގެ ފަރާތުން ފާހަގަކޮށްފި.

މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ނ.ލަންދޫސްކޫލްގެ ޔުނެސްކޯ ކްލަބްގެ ފަރާތުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ބަށިމެޗަކާއި، ނެޓްބޯޅަ މެޗެއް ކުޅެފިއެވެ.

ބަށިމެޗް ކުރިއަށްގެންދިޔައީ ސްކޫލްގެޓީޗަރުންގެ ޓިމަކާއި، ސްކޫލްގެ ބެލެނިވެރިންގެ ތެރެއިންހޮވާލެވުނު ޓިމަކާއެވެ. މިމެޗް ކާމިޔާބުކުރީ 11 ލަނޑު 2 ލަނޑުން ބެލެނިވެރިންގެ ޓީމެވެ. މިމެޗްގެކްއިން އޮފްދަ މެޗަކަށްހޮވުނީ ބެލެނިވެރިންގެ ޓީމުގެ ކުޅުންތެރިޔާ ނ.ލަންދޫ ފެހިވިލު އަލްފާޟިލާ ސާދުނާ ޢަބުދުއްރަހީމެވެ.

ނެޓްބޯޅަ މެޗް ކުރިއަށްގެންދިޔައީ ސްކޫލްގެ ދަރިވަރުންގެޓީމަކާއި، ޓީޗަރުންގެ ޓިމަކާއެވެ. 12 ޕޮޓް 7 ޕޮޓުން މިމެޗްކާމިޔާބުކުރީ ޓިޗަރުންގެޓީމެވެ. މިމެޗްގެ ކްއިން އޮފްދަ މެޗަކަށް ހޮވިފައިވަނީ ޓީޗަރުންގެ ޓިމްގެ ކުޅުންތެރިޔާ ނ.ލަންދޫ އަކިރި އަލްފާޟިލާ ޚަދީޖަތު ވަރުދާއެވެ.

ވަނަ ވަނައަށް އައި ފަރާތްތަކަށާއި، އަންހެނުންގެ ދުވަހުގެ މިހަރަކާތްތަކުގައި ބައިވެރިވެ އަދި އެކިއެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކަށް އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމާއި، ސެޓްފިކެޓްދިނުންވެސް މިއަދުގެ ރަސްމިއްޔާތުގައި އޮތެވެ. ސެޓްފިކެޓްތައް ބައްސަވައިދެއްވީ މި ދެމެޗްގެވެސް ޝަރަފްވެރިމެހްމާން ނ.ލަންދޫ ހެލްތްސެންޓަރ ގެ ފެމެލީ ހެލްތް ވޯކަރ އަލްފާޟިލާ ޙައްވާ ދާއޫދެވެ.

މި ދެމެޗް ބައްލަވާ ލެއްވުމަށްވެސް ރަށުގެ ރައްޔިތުންގެ ތެރެއިން ކުދިބޮޑު ގިނަޢަދަދެއްގެ އަންހެނުންނާއި، ފިރިހެނުން ޙަޒިރުވިއެވެ.

ނ.ލަންދޫ ސްކޫލްގެ ޔުނެސްކޯ ކްލަބުން އިސްނަގައިގެން މިފަދަ ދުވަސްތައް ފާހަގަކުރުމާއި، އެެކި އެކި އިތުރުޙަރަކާތްތައް އެސްކޫލްގައި ދަނީ ކުލަގަދަގޮތެއްގައި ފާހަގަކުރަމުންނެވެ. ލަންދޫސްކޫލްގެ ޔުނެސްކޯ ކްލަބު އުފެދިފައިވަނީ 2010 ވަނައަހަރުއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ނޮވެމްބަރ މަހު ބާއްވަނީ

އަންހެނުންގެ ކޮމިޓީތަކުގެ ދައުރުނެތުމުން ގިނަރަށްރަށުގެ ތަރައްޤީއަންނަނީ ހީނަރުވަމުން ލާމަރުކަޒީ ޤާނޫނުގެ ދަށުން އިންތިޚާބު ކުރަންޖެހޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz