މިއަހަރުގެ ކުޑަކުދިންގެ ދުވަސް ލަންދޫސްކޫލްގައި ކުލަގަދަކޮށް ފާހަގަކުރަމުން އެބަދޭ.

ިމިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން / ފޮޓޯ: ލަންދޫއިންފޯ

މިއަހަރުގެ ކުޑަކުދިންގެ ދުވަސް މޭ 10 ( މިއަދު ) ލަންދޫ ސްކޫލްގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުން އެބަދެއެވެ.

ލަންދޫ ޕްރީސްކޫލާއި، ލަންދޫ ސްކޫލްގުޅިގެން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ދުވަހާގުޅޭ ގޮތުން ޚާއްޞަ އެސެމްްބްލީ އެއް ބޭއްވުމާއި، ޕްރީސްކޫލްގެ ދަރިވަރުންނާއި، ލަންދޫސްކޫލްގެ ގްރޭޑް 4 ން ދަށުގެ ކްލާސްތަކުން ކޮންމެ ކްލާހަކުން ތައްޔާރު ކުރި ސްޓޭޖް އައިޓަމްތައް ހިމެނެއެވެ. ސްޓޭޖް އައިޓަމް ތަކުގެ ތެރޭގައި ޑާންސްކުރުމާއި، ހެއްވާ މަޖާ އައިޓަމް ތައް ހިމެނިގެން އެބަދެއެވެ.

މިއަދުގެ ޙަރަކާތްތައް ހެނދުނުގެ އެސެމްބްލީން ފެށިގެން ގޮސްފައިވާއިރު ދުވަހާ ގުޅޭޚާއްޞަ ސްޕީޗެއްވަނީ ލަންދޫސްކޫލްގެ ހެޑްއޮފް ސްކޫލް އަލްފާޟިލާ މަރިޔަމް ސާއިދާ ދެއްވާފައެވެ.

އޭގެ ފަހުން މިއަދުގެ މެންދުރުފަހު 1:15 އިން ފެށިގެން މިހާރު ކުރިއަށްދަނީ ސްޓޭޖް ހަރަކާތްތަކެވެ. ސްޓޭޖް ހަރަކާތްްތައް ފެށުމުގެ ކުރިން ލަންދޫ ކައުންސިލް ގެ ރައީސް އަލްފާޟިލް މުހައްމަދު ފަޔާޒު ވަނީ ދުވަހާ ގުޅޭގޮތުން ބެލެނިވެރިންނާއި، ދަރިވަރުންނާއި، އަދި ސްކޫލްގެ ސްޓާފުންނާއި، މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ފަޔާޒުގެ ވާހަކައިގާ ބައެއް ބެލެނިވެރިން ދަރިންތަރުބިއްޔަތު ކުރުމުގައި މިހާރު އިހްމާލު ވަމުންދާކަމަށް ވިދާޅުވެ ހެކިދެއްކެވިއެވެ. އެގޮތުން ނަމާދު ވަގުތު ފާއިތުވެގެން ދާއިރުވެސް ޓީވީގެ އަވާގައި ޖެހި ބައްޕަ ނުވަތަ މަންމަ ނަމާދުގެ މަތިން ހަނދާން ނެތިފާ ތިބޭކަން ފާހަގަކުރެއްވިއެވެ. އަދި ހުޅަގުގެ ސަޤާފަތުގެ ތެރެއަށް ކުދިން ވެއްދުމަށް ނޭންގިނަމަވެސް ބައެއް ބެލެނިވެރިން މަސައްކަތް ކުރާތަން ފެންނަމުންދާ ކަމަށްވެސް ފަޔާ ވިދާޅުއެވެ.

މިއަދު ލަންދޫ ސްކޫލްގައި ހިނގަމުންދާ މިދާ ހަރަކާތްތައް ބައްލަވާ ލެއްވުމަށް ލަންދޫ ކައުންސިލް ގެ މެމްބަރުންނާއި، ރައީސާއި ނައިބް ރައީސް ގެ އިތުރުން ލަންދޫ ކައުންސިލް އިދަރާގެ ޑިރެކްޓަރ ވެސް ވަޑައިގެންނެވިއެވެ. އަދި ވަރަށް ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޢާއްމުންވެސް ވަނީ މިހާރު ސްކޫލަށް ޖަމާވެފައެވެ.

މިއަދު ހަރަކާތްތަކުގެ އިތުރުން ސްކޫލްގެ ހޯލްތެރެ ދުވަހާގުޅޭގޮތުން ތައްޔާރު ކުރުމުގައި ބެލެނިވެރިން ވަނީ ވަރަށް ބޮޑު ގުރުބާނީއެއްވެ ވަރަށް ގިނަމަސައްކަތްތަކެއް ކޮށްފާ ކަމަށް ލަންދޫ ސްކޫލުން ވިދާޅުވެއެވެ. އެގޮތުން ބެލެނިވެރިން 5 ގުރޫޕަކަށް ބަހާލައިގެން ސްކޫލްގެގޯތިތެރެ އެކިގުރޫޕްތަކުގެ ވާދައަށް ޒީނަތްތެރި ކުރުމުގައި ކޮށްފައިވާ މަސައްކަތްތައް ލަންދޫ ސްކޫލުން ފާހަގަކުރައްވައެވެ.

މިއަދު މިހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ބެލެނިވެރިންގެ ވަރަށް ފުރިހަމަ އެއްބާރުން ލިބިފައިވާކަން ލަންދޫ ސްކޫލުން ފާހަގަކުރައްވައެވެ.

މިއަދުގެ މިހަރަކާތްތައް މުޅިންނިމޭވަރުވާނީ މިއަދު ހަވީރު 6:00 ހާއިރު ކަމަށްވެސް ލަންދޫ ސްކޫލުން މައުލޫމާތު ދެއްވައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަ މުބާރާތް ފަށައިފި.

ނ.ލަންދޫސްކޫލްގެ މިއަހަރުގެ މަދަހަމުބާރާތް މިއަދު އެ ސްކޫލްގައި ފަށައިފިއެވެ. މި މުބާރާތް ފެށުމަށް މިއަދު ލަންދޫސްކޫލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގެ …

ޚިޔާލެއްދެއްވާ

avatar
ޕާޕަލް
ޕާޕަލް

ލަންދޫ ސްކޫލުން ތިކުރާ މަސައްކަތައް ހަމަަ ސާބަސް!!!!!!

ަަަަަަަަަަަަަަަަަަަަަަަަާްްަޮޮިިސާލިމް
ަަަަަަަަަަަަަަަަަަަަަަަަާްްަޮޮިިސާލިމް

ސާބަސް ލަންދޫ ސުކޫލު ގެ މެނޭޖުމެންޓަަ!

އިންސާފު
އިންސާފު

ބަޣާވާތަކުން އެންމެފުރަތަމަ ލަންދޫ ސްކޫލުގެ ވެރިޔަކަށް އައީ ********** އެހެންވެއްޖިއްޔާ އެންމެފުރަތަމަ ބަޣާވާތްކުރީ ******* ތާދޯ!

kasimbe
kasimbe

council idhaaraain hingaa pre school kudhinnah enves kulhivaren nethumun hithaama kuran , foni vaahaka dhenkiyakas kamaku nudhaane

ބަޣާވާތް
ބަޣާވާތް

ލަންދޫ ސްކޫލްގެ ވެރިކަންު ވައްޓާލީ ސީދާ ބަޣާވާތަކުން. ދެން ލަންދޫ ސްކޫލަށް ވެސް ވާގޮތެއް މިހުރީ ބަލަން ކެތްމަދުވެފަ. ބަލަން މިހުރީ. އެނގިދާނެތާ ދޯ….. މި ކޮމެންޓް ޖަހައިދޭނެކަމަށް އުންމީދު ކުރަން.

ދޮންބެ
ދޮންބެ

ވަރަށް ސަޅި އިނގޭ. ލަންދޫސްކޫލުން ކުޑަކުދިންގެ ހައްޤު ގައި ތިޔަކުރަމުންދާ އެންމެހައިކަންކަމަށް ފަށްފަށުން ޝުކުރުވެރިަވަމެވެ.

wpDiscuz