މިއަހަރުގެ ހޮލިޑޭކަޕް ” 12/12 ” ގައި

ލަންދޫގައި ބޭއްވޭ އެންމެ ޝަރަފްވެރި ، އެންމެ ބޮޑު އަދި އެންމެ ފޯރި ގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ” ހޮލިޑޭ ކަޕް ފުޓްބޯޅަ މުބާރާތް ” މިއަހަރު ބާއްވާ ތާރީޙަކީ މިއަހަރުގެ ޑިސެމަބަރ މަހުގެ ބާރަ ( 2012 – 12 – 12 ) ވަނަ ދުވަސް ކަމަށް ލަންދޫ ޔޫތު އެންކަރޭޖިންގ ސޮސައިޓީ ( ލިޔެސް ) އިން އިއުލާނު ކޮށްފިއެވެ.

” ލިޔެސް ” އިން މިކަން އިޢުލާން ކޮށްފައިވަނީ މިއަހަރުގެ މުބާރާތުގެ ސޮޕޮންސަރުން ހޯދުމުގެ ގޮތުން އެޖަމްޢިއްޔާއިން މިއަދު ކުރި އިޢުލާނެއްގައެވެ. ” ލިޔެސް ” ގެ މި ދައުރުގެ އެއް ނައިބު ރައީސް އަލްފާޟިލް ޝިނާނު ޢަބުދުލް ޣަނީ ސޮއިކުރައްވާ މިއަދު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މިއަހަރުގެ ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް ސްޕޮންސަރ ކުރަން ބޭނުންވެ ލައްވާ ފަރާތް ތަކުން މި މަސް ހުސްވުމުގެ ކުރިން މުބާރާތް ސްޕޮންސަރ ކުރަން ޤަސްތު ކުރާގޮތަކާއި އަގެއް އެޖަމްއިއްޔާއަށް އަންގަން ޖެހެއެވެ.

މިދިޔަ އަހަރުގެ ކާމިޔާބު ” ބަޑިފެމެލީ ހޮލިޑޭކަޕް ފުޓްބޯޅަ މުބާރާތް ” އަށް ފަހު މިއަހަރުގެ މުބާރާތް ސްޕޮންސަރ ކުރަން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުން މިހާރުވެސް ބުނަމުން އަންނަނީ މިއަހަރުގެ މުބާރާތް  ސްޕޮންސަރ ކުރުމަށް އެފަރާތްތަކުން ވިސްނަމުން ދާކަމަށެވެ.

މިއަހަރުގެ ” ހޮލިޑކަޕް ފުޓްބޯޅަ މުބާރާތް ” އަށް ޓަކައި ބައެއްޓީމް ތަކުން މިހާރުވެސް އަންނަނީ ތައްޔާރު ވަމުންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

މިއަހަރުގެ މުބާރާތުގައި އެންމެ ވަރުގަދަ ވާނީ އޮކާޗީ – ކުޅުންތެރިން

ލަންދޫގައި ޒަމާނުންސުރެ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތެއްގެ ގޮތުގައި ބޭއްވެމުން އަންނަ ފުޓްބޯޅަ މުބާރާތަކީ ” ހޮލިޑޭކަޕް ” ފުޓްބޯޅަ …

ޚިޔާލެއްދެއްވާ

avatar
އުސްމާން
އުސްމާން

މަބޭނުން މިފަހަރު ތީތި ނަގަން ކިހިނެއް ހަދަން ޖެހެނީ؟

ކޭޑީ
ކޭޑީ

ގުޑް ޑޭޓް.

wpDiscuz