މިނިވަންދުވަހުގެ ތަހްނިޔާ، ކުރީގެ ރައީސް ނަޝީދު ދިވެހިރައްޔިތުންނަށް ވިދާޅުވެއްޖެ.

ދިވެހިރާއްޖޭގެ ޤައުމީ މިނިވަންކަމާއި ފަރުދީ މަސަލަސްކަމާއި އިންސާނީ ކަރާމަތް އަބަދަށްޓަކައި ހިފަހައްޓާ، ނަގަހައްޓާ، ދެމެހެއްޓުމަށް ހިންމަތްކުރާ ދިވެހިރައްޔިތުންނަށް މިނިވަންދުވަހުގެ ތަހްނިޔާ ވިދާޅުވާކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސްނަޝީދު ތަހްނިޔާ ވިދާޅުވީ މިނިވަންދުވަހުގެ މުނާޞަބަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރާއްޖޭގެ 47 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގައުމާއި މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިނިވަން ގައުމަކަށް ބޭނުންވަނީ މިނިވަންކަމަށް ލޯބިކުރާ، ދިވެހި ރައްޔިތުން ފަދަ ދިވެހި ދަރިއެއް ކަމަށެވެ.

މީގެއިތުރުން ދުނިޔޭގެ ޤައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެގޮތުގައި އޮތުމަކީ އަޅުގަޑުމެންގެ ފަޚުރެއް ކަމަށާއި،  އަދި ޤައުމީ މިނިވަންކަމުގެ އެންމެހާ ބަހާތަކުގެ ޙަޤީޤަތްތައް ޖީލުތަކަށްޓަކާ ކަށަވަރުވެ އޮތުމަކީ މިނިވަން ޤައުމެއްގެ ލާޒިމް ސިފައެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އަދި މަޢާފްކުރުމާއި އޯގާތެރިކަމާއިއެކު މުޢާމަލާތްކުރުމަކީ މިނިވަން ރައްޔިތަކު އަޅުވެތިކުރާނެ ސަބަބެއްކަމުގައި ނުވާނެ ޙަޤީޤީ ސިއްރަކީ،  އެއީ މާތްވެގެންވާ އިސްލާމްދީން ތަރުޙީބުދޭ އިންސާނިއްޔަތުގެ މަތިވެރި ސުލޫކުކަމުގައިވާކަމަށް ވެސް ނަޝީދު ގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ނަޝީދުއާއި މައުމޫނާ ދެބޭފުޅުން ގެ މަޝްވަރާ ކުރިއަށްދާކަމަށް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެ.

ކުރީގެ ދެ ރައީސުން ކަމުގައިވާ އަލްއުސްތާޛު މައުމޫނު ޢަބުދުލް ޤައްޔޫމާއި، އަލްފާޟިލް މުޙައްމަދު ނަޝީދުއާއި ދެބޭފުޅުންގެ މަޝްވަރާތައް އަދިވެސް ކުރިއަށްދާކަމަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz