މިނިވަންކަމުގެ ފޮނި މޭވާ

މިއަދަކީ ދިވެހިންގެ ފަޚުރުވެރި މިނިވަންދުވަހެވެ.މިދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދުވަޙިދު ޙަސްނަމަނިކަށާއި، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ލަންދޫ އިންފޯގެ ފަރާތުން ތަހުނިޔާއާއި މުބާރިކުބާދު އަރިސްކުރަމެވެ.

މިނިވަންކަމަކީ ބަޔަކަށް މާﷲ ދެއްވާނެ އެންމެމަތިވެރި އެއްނިޢުމަތެވެ. ވުމާއެކު މިނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ކޮންމެއިންސާނެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ.އަޅުގަނޑުމެންގެ މިކުޑަ ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްކަން ރަމްޒުކޮށްދޭ އެކައްޗަކީ މިނިވަންކަމާއެކު ވިހުރެވެމުންދާ ޤައުމީ ދިދައެވެ. މިކަމުގައި ފާހަގަކޮށްލަންޖެހޭކަމަކީ އެދިދަވެސް ވަނީ ބޭނުންހާ ގޮތަކަށް ދޫކޮށްލެވިފައި ނޫންކަމެވެ. ވުމާއެކު އަޅުގަނޑުމެންވެސް މިނިވަނުންނޭކިޔާފައި ހިތުހުރިހާ ގޮތަކަށް އުޅުމަކީ ހެޔޮވެދާނެ ކަމެއްތޯއެވެ؟ އެކެއްގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކެއްގެ މިނިވަންކަން ނިމޭ ހިސާބަށްވެއްޖެނަމަ، މުޖުތަމަޢުގެ އަމާންކަންގެއްލި ބައިބައިވެގެން ހިނގައިދާނެކަމަކީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. ވުމާއެކު އެފަދަ ކަމަކަށްތަންނުދީ އެންމެން އެކުވެރިވެ އެކަތިގަނޑަކަށްވެލުމަށް މިއީހަމަރަނުގެ ފުރުޞަތެއްކަމުގައިނޫނީ ނުވާނެއެވެ.

މާތްﷲ އަޅުގަނޑުމެންގެ މިޤައުމު އަބަދުގެ އަބަދަށް އިސްލާމްކަންމަތީ ދަމަހައްޓަވާންދޭވެ! އަދި މާތްވެގެންވާ އިސްލާމްދީނާއި، ﷲގެ ކަލާމްފުޅުގައި އަންގަވާފައިވާ ޙުކުމްފުޅާ ފުށޫއަރާ ޚިޔާލެއްގެންގުޅޭ ފަރާތެއް ނުވަތަ ފަރާތްތަކެއް މިޤައުމުގައިވާނަމަ، އެފަރާތްތަކަކަށް ހެޔޮގޮތްދައްކަވާ އެފަދަބައެއްގެ ނުބައިކަމުން އަޅަމެން ގެ މިރާއްޖެ ސަލާމަތްކުރައްވާންދޭވެ! ދުނިޔޭގައިވެސް ހެޔޮކަން އަދި އާޚިރަތުގައިވެސް ހެޔޮކަންދެއްވާ ނަރަކައިގެވޭންދެނިވި ޢަޒާބުން ސަލާމަތްކުރައްވާންދޭވެ! އާމީން.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މޮޅުކުޅުންތެރިއަކަށް ވުމަށް އަޚްލާޤު ވަރަށްމުޙިއްމު

ދިރިއުޅުމުގެ ހުރިހާ ކަމެކޭ އެއްފަދައިން ފުޓްބޯޅައިގައިވެސް ކާމިޔާބު މޮޅުކުޅުންތެރިއަކަށް ވުމުގައި އަޙްލާޤު ވަރަށް މުޙިއްމު ދަޢުރެއް އަދާކުރާކަމީ މިއަދު ދުނިޔެ …

ޚިޔާލެއްދެއްވާ

avatar
ަަައަހްމަދު
ަަައަހްމަދު

މިނިވަންދުވަހުގެ ހެޔޮއެދުން ތައް އެންމެހައި ބޭފުޅުންނަ އަރިސް ކުރަމެވެ.

ބުންވަރު
ބުންވަރު

އިންސާފެއް ހަމައެއް ލަމައެއް ނެތް މިނިވަން މި ދީބުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި ހުރިހާ އަޚުންނާއި، އުޚުތުންނަށް މިނިވަންދުވަހުގެ ހެޔޮއެދުމާއި، ތަހުނިޔާ އަރިސްކުރަމެވެ.

wpDiscuz