މިހާތަނަށް ލަންދޫގެ އެންމެގިނަ ބަޔަކު ބައިވެރިވާ މަހާސިންތާ

މަދަނީ އިންތިހާދުގެ ފަރާތުން އިންތިޒާމްކޮށްގެން މިއަދު ހަވީރު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މަހާސިންތާ ވެގެންދާނީ ލަންދޫގެ ރައްޔިތުން މިހާތަނަށް މިފަދަ މަހާސިންތާއެއްގައި ބައިވެރިވެގެން ގެންދެވޭ މަހާސިންތާ ކަމުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ މަހާސިންތާގައި ލަންދޫގެ 200 އެއްހާ މީހުން ބައިވެރިވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މަހާސިންތާގައި ބައިވެރިވުމަށް ލަންދޫގެ ހަތްދިހައެއްހާމީހުން ރޭފަތިހު މާލެދިޔަ ލަންދޫ ބޯޓުންވަނީ މާލެ ގޮސްފައެވެ.

ލަންދޫގައި މަދުބަޔަކު މިވަގުތު ދިރިއުޅެމުންދާއިރު ރަށުގެ ގިނަބަޔަކު މާލެދިއުމާއި ގުޅިގެން މިއަދު ލަންދޫގެ މަގުތައް ފެނިގެންދަނީ ވަރަށް ފަޅުކޮންނެވެ. އަދި ހަމައެހެންމެ ހުކުރު ދުވަސްދުވަހަށް ފުރިފައިވާ ލަންދޫގެ ހުކުރު މިސްކިތްވެސް މިއަދު ފެނިގެންގޮސްފައިވަނީ ވަރަށް މަދު މީސްކޮޅަކާއިއެކުގައެވެ.

ލަންދޫއަކީ ވޭތުވެދިޔަ ސަރުކާރު ގެނައުމަށް ބުރަބޮޑު މަސައްކަތްތަކެއް ކުރި ރައްޔިތަކު ދިރިއުޅޭ ރަށެއްނަމަވެސް މިއަދު މިވަނީ އެމަންޒަރު މުޅިން ބަދަލްވެފައެވެ. ވޭތުވެދިޔަ ސަރުކާރުން ގެންގުޅުނު މީހުންގެ މެދުގައި ތަފާތުކުރުމުގެ ސިޔާސަތާއި އަދި ލަންދޫއަށް ކޮށްދެއްވާނެކަމަށް ވަޢުދުވި އެއްވެސްކަމެއް ކޮށްނުދެއްވުމާޢި އަދި ވޭތުވެދިޔަ ސަރުކާރުން ގެންގުޅުނު ދީނީ ސިޔާސަތުގެ ސަބަބުން ލަންދޫގެ ގިނަރައްޔިތުންގެ ހިތްތަކުގައިވަނީ ވޭތުވެދިޔަ ސަރުކާރަށް ނަފްރަތްތެރިކަން އުފެދިފައެވެ.

މިއަދުގެ މަހާސިންތާ މާލޭގައި ކުރިއަށްދާއިރު މަހާސިންތާގައި އައްސެއިޙް އިލިޔާސްހުސެއިން ކުރެއްވުމަށް ހަމަޖެހިފައިވާ ދުޢާގައި ބައިވެރިވުމަށް ލަންދޫގެ ގިނަރައްޔިތުން ތައްޔާރުވަމުންއަންނަކަަށް މަޢުލޫމާތު ލިބިފައިވެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އިމްތިޔާޒުގެ ބިލާއި ދެކޮޅު އިހުތިޖާޖްތައް ބޮޑު ތިލަދުންމަތިން ފަށައިފި

ރައްޔިތުންގެ މަޖްލީހުން ފާސްކޮށްފައިވާ އިމްތިޔާޒުގެ ބިލާއި ދެކޮޅަށް ގައުމީ ހަރަކާތުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރުމަށް ނިންމާފައިވާ ސިލްސިލާ މުޒާހަރާތައް …

ޚިޔާލެއްދެއްވާ

avatar
wpDiscuz