މިހާތަނަށް އިހުމާލު ކުރެވިފައިވާ ރަށްރަށަށް މި ސަރުކާރުން ޚާއްޞަ ސާމާލުކަމެއް ދެއްވާނެ-ރައީސް

މިހާތަނަށް އިހުމާލު ކުރެވިފައިވާ ރަށްރަށަށް މި ސަރުކާރުން ޚާއްޞަ ސާމާލުކަމެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި، ގުރައިދުއަށް ވަޑައިގެން ގުރައިދޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން ގުރައިދުއަކީވެސް އިހުމާލުކުރެވިފައިވާ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ އިތުރުން އެމަނިކުފާން ވިދާޅުވީ ގުރައިދޫ ރައްޔިތުންނަކީ ފެށުނީއްސުރެ ރަށުގެ ތަރައްޤީއަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ރައްޔިތެއް ކަމަށާ، އަދި ސަރުކާރުން ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތެއް ނުގެންގުޅުއްވާނެ ކަމަށް ވިދާޅުވެ، ހުރިހާ ރައްޔިތުންނާ ދޭތެރޭގައިވެސް ހަމަހަމަކަމާއެކު ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

އަދި މިއަދުގެ ސަރުކާރަށް ގުރައިދޫ ރައްޔިތުން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުން ފާހަގަކުރައްވައި ގުރައިދޫ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވަފަ.ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ކުރެއްވި ހުވައާ ޚިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، އަބަދުވެސް ހުންނަވާނީ ވަރަށް ސާބިތުކަމާއެކީގައި ކަމަށާ، އަދި ހަމަނުޖެހުން އުފެއްދުމަށް ކަންކަން ހިންގުމަށް ފުރުޞަތު ނުދެއްވާނެ ކަމަށާއި ޤައުމު ކުރިއަށް ގެންދެވުމަށް ކުރެއްވެން ހުރި މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz