މާދަމާއަކީ ރައްޔިތުން މަޖުލިސްގައި ބޮޑުދުވަހެއް

ރައްޔިތުންގެ މަޖުލިސް މިދަޢުރަށް ހުޅުވުމަށްފަހު ބޭއްވޭ ދެވަނަ ޖަލްސާ މާދަމާ ބޭއްވޭއިރު މިޖަލްސާވެގެންދާނީ ވަރަށް ޙާއްޞަ ” ބޮޑު ” ޖަލްސާއަކަށެވެ. އެހެނީ މާދަމާގެ ޖަލްސާގައި ރައްޔިތުންމަޖުލިސްގެ މިހާރުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ މައްޗަށް އިތުބާރުނެތްކަމަށް އެމްޑީޕީއިން ހުށައަޅާފައިވާ މައްސަލައަށް ވޯޓަށް އެހުން އޮންނާނެއެވެ.

މަޖުލިސްގެ ރައީސް ޤާނޫނާއި ޚިލާފަށް މަޖުލިސްގައި ކަންތައްތައް ކުރައްވާކަމަށް ބުނެ އެމްޑީޕީގެ 27 މެމްބަރަކު ސޮއިކުރައްވާ ހުށައަޅުއްވާފައިވާ މިމައްސަލައަށް މާދަމާ ވޯޓަށް އަހާއިރު މިވޯޓްވެގެންދާނީ މިއަދު ރާއްޖޭގައި މިއޮތްސަރުކާރުގެ ” ބަދަހިކަށް ” ވަރަށް ރަނގަޅަށް ސާބިތުވެގެންދާނެ ކަމެއްކަމަށް ގިނަ ތަޖުރިބާކާރުން ސިފަކުރައްވައެވެ.

މިވަގުތު މަޖުލިސްގައި އޮތް އިދިކޮޅު އެންމެބޮޑު ގްރޫޕް ކަމުގައިވާ ޕީޕީއެމް ޕާލަމެނމްޓްރީ ގްރޫޕުން  މާދަމާ ކަނޑައެޅިގެން ވޯޓްލާނީ ކޮންގޮތަކަށްކަން ބުނެފައި ނުވިނަމަވެސް އެޕާރޓީގެ ދާވަކި މެމްބަރުންގެ ޚިޔާލްހުރީ ޝާހިދުއާއި އެއްކޮޅަށް ވޯޓްދިނުމަށްކަމަށް ބައެއް މީޑިޔާ ރިޕޯރޓްތައް ބުނެއެވެ.

މާދަމާގެ ވޯޓްގެ ނަތީޖާ ނިކުންނަ ގޮތަކުން މިއަހަރުގެ ކުރިއަށް އޮތްތަނުގައި މަޖުލިސްގެ ޖަލްސާތައް ކުރިއަށްދާނެގޮތް އަންދާޒާކޮށްލަން ފަސޭހަވާނެކަމަށް ތަޖުރިބާކާރުން ބުނެއެެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ބޮޑުތަފާތަކުން އެމްޑީއޭގެ ކެންޑިޑޭޓް ލަންދޫން ކުރިހޯއްދަވައިފި

18 ވަނަ ރައްޔިތުންގެ މަޖުލިސްއަށް މެމްބަރުން އިންތިހާބުކުރުމަށް މުޅިރާއްޖޭގައި މިއަދުބޭއްވުނު އިންތިހާބުގައި ލަންދޫގައި ބެހެއްޓުނު ވޯޓްފޮށީގެ ވަގުތީ ނަތީޖާ ދައްކާގޮތުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz