މާފަރު ކައުންސިލް ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށްބާއްވާ ޕްރައިމަރީޒް މިއަދުއޮންނާނެ.

ނ. މާފަރު ކައުންސިލުގެ ރައީސް އަލްފާޟިލް އަންވަރު ޢަބުދުލް ޣަނީ އެމްޑީޕީގެ މެމްބަރުކަމުން ވަކިކުުރމާއި، ގުޅިގެން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ، އެމްޑީޕީ ޕްރައިމަރީޒް މިއަދު އޮންނޭނެއެވެ.

އެމްޑީޕީގެ ފަރާތުން 2 ކެންޑިޑޭޓުން ވާދަކުރައްވާ މި ޕްރައިމަރީޒްގެ ވޯޓުލުން މިއަދު މެންދުރުފަހު 2.00 އިން ފެށިގެން އިރުއޮއްސި 6 ގެ ނިޔަލަށް މާފަރާއި، މާލޭގައި އޮންނާނެއެވެ. މާފަރުގައި ވޯޓުލުން އޮންނާނީ އެރަށު ގަސްދޮށުގޭގައި ހުންނަ އެމްޑީޕީ މާފަރު ޖަގަހައިގައެވެ. މާލޭގައި ވޯޓުލުން އޮންނާނީ އެމްޑީޕީގެ މައި އޮފީހުގެ “ގްރައުންޑް ފްލޯރ” ގައެވެ.

މި ޕްރައިމަރީޒްގައި ވާދަކުރައްވާ 2 ބޭފުޅުންނަކީ ކެންޑިޑޭޓް ނަންބަރު 1، ނ. މާފަރު ކަރިޝްމާ، މުޙައްމަދު ސަމީރު އާއި، ހަމަ އެރަށު ހީނާމާގޭ މުޙައްމަދު ޢަބްދުލް ޣަނީ އެވެ.

މާފަރު ކައުންސިލްގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވަނީ 22 މާރޗް 2012 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3 ޖެހިއިރު އެވެ.

މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި އިލެކްޝަން، ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވަނީ 28 އެޕްރީލް 2012 ވާ ހޮނިހިރު ދުވަހު އެވެ.

މާފަރު ކައުންސިލުން އެންމެ ފަހުން ހުސްވި ގޮނޑީގެ ބައިއެލެކްޝަން މިމަހުބާއްވާފައިވާއިރު އެ ގޮނޑިވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީން ނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރުގައި ބަޔަކު ވިހައްވެއްޖެ.

ނ މާފަރުގައި ފަރުމަހެއް ކައިގެން 3 މީހަކު ވިހަވެ، ނ އަތޮޅު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ. ނ އަތޮޅު ހޮސްޕިޓަލުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz