މާފަރު ކައުންސިލްގެ ގޮނޑި 40 ވޯޓުގެ ތަފާތަކުން މިފަހަރުވެސް ކާމިޔާބުކުރީ އަންވަރު.

ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެމްބަރަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގައި ކައުންސިލްގެ 40 ވޯޓުގެ ފަރަގަކުން އަލުން އެގޮނޑި އަންވަރު އަބްދުލް ޣަނީ ކާމިޔާބު ކޮށްފިއެވެ. މިފަހަރު އަންވަރު މި ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމް ޓިކެޓްގައި ވާދަކޮށްގެންނެވެ.

އެންމެ ފުރަތަމަ ރަށު ކައުންސިލްގައި އަންވަރު މަސައްކަތް ކޮށްފައިވަނީ އެމްޑީޕީ ޓިކެޓްގައި އިންތިހާބު ކާމިޔާބުކޮށްގެންނެވެ. އެމްޑީޕީއިން ބުނާގޮތުގައި އަންވަރު އެމްޑީޕީއިން ވަކިކުރީ ޕާޓީގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާތީއެވެ. އެމްޑީޕީއިން އޭނާ ވަކިކުރުމުން ކައުންސިލްގެ ގޮނޑި އަންވަރަށް ގެއްލުމުން ބައިއެލްކްޝަން ބާއްވަން ޖެހުނީއެވެ.

މާލޭފޮށިން އަންވަރަށް 75 ވޯޓު ލިބިފައިވާއިރު އިދިކޮޅު މުޙައްމަދު އަބުދުލްޣަނީ އަށް ލިބިފައިވަނީ 41 ވޯޓެވެ. މާފަރުގައި ބެހެއްޓިފޮށިން އަންވަރަށް 248 ވޯޓު ލިބުނުއިރު މުޙައްމަދަށް ލިބިފައިވަނީ 241 ވޯޓެވެ.  ޖުމުލަ 323 ވޯޓް އަންވަރަށް ލިބުނު އިރު އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރި އެ ރަށު ހީނާމާގޭ، މުހައްމަދު އަބްދުލްޣަނީ އަށް ލިބުނީ 283  ވޯޓެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރުގައި ބަޔަކު ވިހައްވެއްޖެ.

ނ މާފަރުގައި ފަރުމަހެއް ކައިގެން 3 މީހަކު ވިހަވެ، ނ އަތޮޅު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ. ނ އަތޮޅު ހޮސްޕިޓަލުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz