މާފަރު ކައުންސިލްގެ މެމްބަރ މާޖިދު ހުވާކުރައްވައިފި.

މާފަރު ކައުންސިލް މެމްބަރ މާޖިދު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެފްބީ

 ނ. މާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި، އެ އިންތިޚާބު ކާމިޔާބު ކުރެއްވި މާފަރު އާއިލާވެހި، އަބްދުލް މާޖިދު އަލީ ކައުންސިލް މެމްބަރު ކަމުގެ ހުވާކުރައްވައިފިއެވެ.

ހުވަކުރެއްވުުގެ ރަސްމިއްޔާތު އޮތީ މިމަހުގެ 26 ވަނަދުވަހު މާފަރު މެޖިސްޓްރޭޓް ކޯޓްގައެވެ. ހުވާލައިދެއްވީ ދާއިރާކޯޓްގެ މެޖިސްޓްރޭޓް ނިހާމް ރަޝީދުއެވެ.

މާފަރު ކައުންސިލްގެ ބައި އިލެކްޝަންގައި ކުރިމަތިލެއްވި އެމްޑީޕީގެ އަބްދުލް މާޖިދަށް 240 ވޯޓުލިބުނުއިރު އެނާއާ އެންމެ ގާތުން ޕީޕީއެމް ޓިކެޓްގައި ވާދަކުރި މުސްލިމް މުހައްމަދަށް ލިބިފައިވަނީ 236 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 44.78 ޕަސެންޓެވެ. އަދި އަމިއްލަ ގޮތުން ކުރިމަތި ލެއްވި އަބްދުއްރަހީމް އަލީ އަށް 12 ވޯޓުލިބުނުއިރު އަމިއްލަ ގޮތުން ކުރިމަތިލި އަބްދުލް ހާދީ އަބްދުﷲ އަށް ލިބުނީ 39 ވޯޓެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރުގައި ބަޔަކު ވިހައްވެއްޖެ.

ނ މާފަރުގައި ފަރުމަހެއް ކައިގެން 3 މީހަކު ވިހަވެ، ނ އަތޮޅު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ. ނ އަތޮޅު ހޮސްޕިޓަލުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz