މާފަރު ކައުންސިލްގެ ރައީސް އަންވަރުގެ ގޮޑި ހުސްވިކަން އެލެކްޝަނުން އިޢުލާންކުރައްވައިފި.

މާފަރު ކައުންސިލް އިދާރާ

ނ. މާފަރު ރަށު ކައުންސިލްގެ އެމްޑީޕީ މެންބަރު އަދި އެ ކައުންސިލްގެ ރައީސް އަންވަރު އަބްދުލްޣަނީ ޕާޓީން ވަކިކުރުމުން އެ ގޮނޑި ހުސްވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ގިނަ ކުލަބުތަކަކަށް ފުޓުބޯޅަ ކުޅުނު މަޝްހޫރު ކުޅުންތެރިޔާ އަންވަރު އެމްޑީޕީން ކުރަން ނިންމީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ބެލުމަށް ފަހު ގިނަ މައްސަލަތަކެއް ފާހަގަކުރެވިގެން ކަމަށް އެޕާޓީން ވަނީ ބުނެފަ އެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ މާފަރު ކައުންސިލުގެ މެންބަރު އަންވަރު އެމްޑީޕީން ވަކިކޮށްފައިވާ ކަން އެ ޕާޓީން އަންގާފައިވާ ކަމަށާއި އެއާ އެކު އޭނާގެ ގޮޑި ގެއްލިފައިވާކަމަށެވެ.

“އެގޮނޑި ހުސްވެފައިވާ ކަމަށް ނިންމީ ހުރިހާ ކަމެއް ބެލުމަށް ފަހު،” ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާފަރު ކައުންސިލްގެ ބައި އިލެކްޝަން ވަރަށް އަވަހަށް އިއުލާންކޮށް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އެ ކޮމިޝަނުން ވަރަށް އަވަހަކަށް ހުޅުވާލާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

މާފަރު ކައުންސިލްގައި ތިބެނީ ޑީއާރުޕީ ކައުންސިލް މެންބަރަކާއި އެމްޑިޕީގެ ތިން މެންބަރެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރުގައި ބަޔަކު ވިހައްވެއްޖެ.

ނ މާފަރުގައި ފަރުމަހެއް ކައިގެން 3 މީހަކު ވިހަވެ، ނ އަތޮޅު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ. ނ އަތޮޅު ހޮސްޕިޓަލުން …

ޚިޔާލެއްދެއްވާ

avatar
wpDiscuz