މާފަރުގައި އެއްވަގުތެއްގައި ދެޕާޓީގެ ދެޖަލްސާ ހިގަމުންދަނީ.

ކުރީގެރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު މާފަރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ޢަބުދުﷲ ޙަމީދު ( ފޭސްބުކު )

ނ.މާފަރުގައި މިރޭ ދެޕާޓީގެ ދެޖަލްސާ އެއްގަޑިއެއްގައި ހިނގަމުން އެބަދެއެވެ. އެއީޕީޕީއެމް ގެ ޖަލްސާއަކާއި، އެމްޑީޕީގެ ޖަލްސާއެކެވެ.

މިރޭ މިހިނގާ ދެޖަލްސާއާއި، ބެހޭގޮތުންމަޢުލޫމާތުދެމުން މާފަރު މީހަކު ބުނީ އެމްޑީޕީގެ ޖަލްސާހިނގަމުންދަނީ މާފަރު ޕްރީސްކޫލްގައި ކަމަށާއި، ޕީޕީއެމްގެ ޖަލްސާ ހިނގަމުންދަނީ މާފަރު ސްކޫލްގައި ކަމަށެވެ.

އެމްޑީޕީގެ ޖަލްސާއަކީ މިއަދު މާފަރަށް ވަޑައިގެންނެވި ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ވަޑައިގެންނެވުމާއި،ގުޅިގެން އަދި މިމަހުގެ 17 ގައި މާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިއެލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ބާއްވާ ޖަލްސާއެކެވެ.

ހަމައެހެންމެ ޕީޕީއެމްގެ މާފަރު ގޮފިންވެސް މައުލޫމާތު ދެއްވި ގޮތުގައި އެބޭފުޅުންގެ ޖަލްސާއަކީވެސް ޕީޕީއެމްގެ ފަރާތުން މި ބައިއެލެކްޝަންގައި ވާދަކުރައްވާ ބޭފުޅަށް ތާއީދުހޯދުމަށް ބާއްވާ ޖަލްސާއެއްކަމަށެވެ.

މިދެ ޖަލްސާ އެއްފަހަރާ މާފަރުގައި ހިނގަމުން ދިޔަކަމުގައިވިޔަސް އަދި މިހާތަނަށް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައެއްނުވެއެވެ.ނަމަވެސް މިއަދު މެންދުރެއްހާއިރު ކުރީގެ ރައީސް އެރަށަށް ވަޑައިގަތުމުން އެރަށުގެ އަންހެންވެރިންގެ ބަޔަކާ އެމަނިކުފާނާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު ކަމަށް މާފަރުގައި ހުންނަ ލަންދޫއިންފޯގެ ރިޕޯޓަރު މިއަދު ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މިރޭގެ މިޖަލްސާގައި ބައިވެރިވުމަށް ނ.މާޅެންދޫގެ ބަޔަކާއި، ނ.ލަންދޫގެ ބަޔަކުވެސްވަނީ މާފަރަށް ގޮސްފައެވެ. ލަންދޫއިންފޯއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންދޫން މާފަރަށްދިޔަގުރޫޕްގައި ގާތްގަޑަކަށް ވިއްސަކަށް މީހުން ހިމެނޭއިރު މާޅެންދޫން ދިޔަގުރޫޕްގައިވެސް ތޭރަވަކަށް މީހުން ހިމެނޭނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މާފަރުގައި ބަޔަކު ވިހައްވެއްޖެ.

ނ މާފަރުގައި ފަރުމަހެއް ކައިގެން 3 މީހަކު ވިހަވެ، ނ އަތޮޅު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ. ނ އަތޮޅު ހޮސްޕިޓަލުން …