މާޅެންދޫ އަތުންވެސް ލަންދޫއަށް ފަސޭހަމޮޅެއް

ލަންދޫގެ ޒުވާނުން އިސްނަގައިގެން މިހާރު ލަންދޫގައި ކުރިއަށްދާ އެކުވެރިކަމުގެ ސިލްސިލާ ފުޓްބޯޅަ މެޗްތަކުގެ ތެރެއިން މިއަދު ހަވީރު އަވައްޓެރި މާޅެންދޫ ޓީމާއި ދެކޮޅަށް ކުޅުނު މެޗުވެސް ފަސޭހަކަމާއިއެކު ލަންދޫޓީމުން ކާމިޔާބު ކޮށްފިއެވެ.

މިއަދުގެ މެޗް ލަންދޫ ޓީމުން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 1 ލަނޑުންނެވެ. މިއަދުގެ މެޗުގައި ލަންދޫޓީމަށް ލަނޑުތައް ޖަހައިދީފައިވަނީ މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އާއި ވަސީމް ޢަބްދުއްރަޙްމާން ( ވައްޑޭ ) އާއި ހުސެއިން ޞަބާޙް ( ޞޮއްބެ ) އާއި އަޙްމަދު ރަޝީދު ( ލައިބު ) އާއި އަދި މުޙައްމަދު ސާމިޙް ( ކައްބަ ) އެވެ. މީގެ ތެރެއިން ޞައްބެ ޖެހި ގޯލަކީ ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިން ގޯލެކެވެ.

މިއަދުގެ މެޗުގައިވެސް ޢާއްމުކޮށް މާޅެންދޫ އާއި ލަންދޫއާއި ބައްދަލްކުރާ މެޗުތަކުގައި ކަންތައް ހިނގާބީދައިން މާޅެންދޫޓީމްގެ ބެންޗުން މިޒަމާނުގައި ފުޓްބޯޅަ ދަނޑުން އިވިގެންނުދާފަދަ ބަސްތައްއިވިގެން ގޮސްފައިވާކަން ފުޓްބޯޅައަށް ލޯބިކުރައްވާ ފަރާތްތަކުން ފާހަނގަ ކުރެއެވެ.

މިއަދުގެ މެޗުގައިވެސް ލަންދޫޓީމުން ޒުވާން ބައެއްކުޅުންތެރިންނަށް އެޓީމަށްކުޅުމުގެ ފުރުޞަތުދިންތައް ފެނިގެން ދިޔައެވެެ. މިގޮތުން މެޗުގެ 80 މިނިޓްވަންދެން ލަންދޫޓީމްގެ ގޯލް ބަލަހައްޓާފައިވަނީ ލަންދޫ ސްކޫލް ގްރޭޑް 8 ގައި ކިޔަވަމުންގެން ޢަލީ އަޒްމީއެވެ.

މާޅެންދޫ ޓީމްގެ ގިނަކުޅުންތެރިން ވަރަށް ޑިސޕްލިންކޮށް ރީތި ފުޓްބޯޅައެއް ކުޅެމުންދިޔައިރު ދެތިން ކުޅުންތެރިންގެ ފަރާތުން މިޒަމާނުގައި ދަނޑުމަތިން ފެނިގެން ނުވާނެފަދަ ބައެއް ޢަމަލްތައް ފެނިގެންދިޔަކަން މާޅެންދޫގެ ބައެއް ސަޕޯރޓަރުން ފާހަނގަ ކުރެއްވިއެވެ. އެފަދަ ފަރާތްތަކުން އިތުރަށް ފާހަނގަކުރެއްވި ގޮތުގައި މާޅެންދޫގެ ފުޓްބޯޯޅަ އަސްލުކުރިއަރަންވާވަރަށް ކުރިއަށް ނާރައިގެންވެސް އުޅެނީ އެޓީމްގައި ހިމެނޭ މިފަދަ ކުޅުންތެރިންގެ ސަބަބުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަންނަ ހަފްތާގައި ލަންދޫޓީމް ބައްދަލް ކުރާނީ އިރުފުށީ ރިސޯރޓްގެ ޓީމަކާއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

އެންމެފަހުން މާފަރުން ލަންދޫޓީމް ބަލިކޮށްފި

މިފަހަކަށް އައިސް ލަންދޫފުޓްބޯޅަ ޓީމްގެ އަތުން މާފަރުގެ ފުޓްބޯޅަޓީމް ބަލިވެފައިވީނަމަވެސް މިދެޓީމްގުގެ ދެމެދުގައި މިއަދު ކުޅެވުނު މެޗުން މާފަރު ފުޓްބޯޅަޓީމް …

ޚިޔާލެއްދެއްވާ

avatar
މާޅެންދޫ
މާޅެންދޫ

ޤަބޫލެއްނުކުރަން….. އެހެންވާނެއެއްނު ލަންދޫ މީހުން ވަރު މޮޅުބައެއް ނެތްވިއްޔާ!!!!! ތީ ލަންދޫ މީހުންގެ ވައްތަރޭ…..

މުހައްމާ
މުހައްމާ

ނުގުޅޭ ކަމަކަށްވާނަމަ މެޗްގެ ރެފްރީވަނީ އެކަމަށް ޙައްޤު އަދަބު ދީފަ އެކަމަކު ބެންޗުން ގޮވި އެއްޗިއްސަށާއި ، ފާޅުގަ ލަންދޫޓީމަށް ކުރި ފުރައްސާރަ ޢާއި މަލާމާތްތަކަކީ މިޒަމަނާއި ނުގުޅޭކަންތަތްތައްކަން ޚުދު މާޅެންދޫ ކުޅުންތެރިންނާއި އޮފިޝަލުންގެ ތެރޭގައި ތިއްބެވި ހެޔޮވިސްނޭ ހުރިހާ ފަރާތްތަކެއް ޤަބޫލްކުރައްވާނެ، އަދިވެސް ރިޕޯރޓެއް ލިޔުނީމަ ލިޔާމީހުންދޯ މިގޯސްވަނީ

މާޅެންދޫ
މާޅެންދޫ

ތީތެދެެެެެެއް!

މާޅެންދޫ
މާޅެންދޫ

ވ.ފޭކް ރިޕޯޓެއް…… ލަންދޫ ޓީމްގެ 9 ނަންބަރ ގޯލްޖަހާފައި އެދެއްކީ މިޒަމާނުގެ ފުޓްބޯޅައާ ގުޅޭ ކަމެއްބާ!!!!!!

wpDiscuz