މަޖިލިސް ހުއްޓިފައިވާ މައްސަލައިގައި އެމްޑީޕީން ދައްކަމުން ގެންދަނީ ރަގަޅުވާހަކަތަކެއްނޫން – ޔާމީން

މަޖިލިސް ހުއްޓިފައިވާ މައްސަލައިގައި އެމްޑީޕީން ދައްކަމުން ގެންދަނީ ބަލައިގަނެވޭނެ ވާހަކަ ތަކެއް ނޫންކަމަށާއި އެއީ މުޅިންރަގަޅުވާހަކަތަކެއްނޫންކަމަށް މުލަކު ދާއިރާގެ މެންބަރ އަދި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން ވިދާޅުވީ، މަޖިލިސް ހުއްޓިފައިވާ މައްސަލައިގައި ޕާޓީ ތަކުގެ މެދުގައި ބާއްވާ މަޝްވަރާތަކުގައި އެމްޑީޕީން ދައްކަމުން ގެންދަނީ މަޖިލިސް ކުރިއަށް ގެންދާ ވާހަކައެއް ނޫން ކަމަށާއި އެމްޑީޕީން ދައްކަމުންދަނީ ކޯނީގެ ރިޕޯޓް އާންމު ކުރުމާއި އެރިޕޯޓާއިމެދު އަމަލު ކުރާނެ ގޮތެއްގެ ވާހަކައާއި އަވަސް އިންތިޚާބެއްގެ ވާހަކަ ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕާޓީތަކުން އެމީހުންގެ އެވާހަކަތަކަށް އެއްބަސް ނުވާނަމަ އެމްޑީޕީން ތިބީ މަޖިލިސް ކުރިއަށް ގެންދަން ޖާގަ ދޭ ގޮތަށް ނޫންކަން އެމްޑީޕީގެ ވާހަކަތަކުން ދޭހަވާ ކަމަށެވެ.

ޔާމީން ވިދާޅުވީ، އެމްޑީޕީން ދައްކަމުން ގެންދަނީ މަޖިލިސް ހިންގުމުގެ ގަވާއިދު އިސްލާހްކޮށްގެން މަޖިލިސް ކުރިއަށް ގެންދާ ވާހަކަ ނޫންކަމަށާއި ޕީޕީއެމުގެ ނިންމުމަކީ މަޖިލީހުގެ ސުލޫކީ ގަވާއިދަށް އިސްލާހް ގެނެސްގެން ނަމަވެސް މަޖިލިސް ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކި ވަކި މީހަކު ވެރިކަމުގައި ހުރުމުން ނުވަތަ ސަރުކާރުގެ ކަންތައް ވަކިގޮތަކަށް ގޮސްގެން ހުއްޓިގެން ވާނެ މަޖިލީހެއް ނޫންކަމަށް ޔާމިން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، މަޖިލިސް ހުއްޓިފައި އޮތުމުން ކޮމިޓީތަކުގައި ހުރި މުހިންމު މަސައްކަތްތައް ނުނިމިހުރިކަމަށާއި މަޖިލިސް ހިންގުމަށް ދަތިވާ ހަމައެކަނި ސަބަބަކީ އެމްޑީޕީން މަޖިލިސް ހުއްޓުވުން ކަމަށެވެ.

މަޖިލިސް ހިނގަންވާނެ ގޮތަކީ މަޖިލީހުގެ ރައީސްގެ އަމުރަށް ނުކިޔަމަންތެރިވުމުން ކޮންމެ ދުވަހަކު ސިފައިން ވައްދައިގެން އެމްޑީޕީގެ މެންބަރުން ނެރުން ނޫންކަމަށާއި އެކަން އޮންނަން ޖެހޭނީ ރިޔާސަތުން ނަން އިއްވުމުން އެމެންބަރަކު މަޖިލީހުގެ ތަޅުން ދޫކޮށް ނުކުމެވަޑައިގަންނަވާ ގޮތަށް ކަމުގައި ޔާމިން ވިދާޅުވިއެވެ. އަދި މިހާރު އޮތް ގޮތުން މިއުސޫލުން ކަންކަން ކުރިއަށް ނުގެންދެވޭނަމަ މެންބަރުންގެ ސުލޫކީ ގަވާއިދަށް ބަދަލުތަކެއް ގެނެސްގެންވެސް މަޖިލިސް ކުރިއަށް ގެންދެވޭނެ މަގު ފަހިވާން ޖެހޭނެ ކަމަށާއި ސުލޫކީ މިންގަނޑާއި ޚިލާފު ވުމުން ޖެހިޖެހިގެން ވަކިވަރަކަށް ޖަލްސާއަށް ހާޒިރުވެވަޑައި ނުގެންނެވޭ ގޮތަށް ގަވާޢިދު ބަދަލުކޮށްގެން ކަމަށްވިޔަސް މަޖިލިސް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ޔާމިން ވިދާޅުވިއެވެ.

ޚަބަރު: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz