މަސްތުވާއެއްޗިހި ތަކަކާއެކު ކުޑަކުއްޖަކާ އިތުރު 3 މީހަކު ހައްޔަރުކޮއްފި.

މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ޕެކެޓުތަކަކާ އެކު 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކާއި އިތުރު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މޯލްޑިވްސް ޕޮލިސް ސާވިސް އިން އިއްޔެ ބުނީ އެ ހަތަރު މީހުން ހައްޔަރުކުރީ ފުލުހުން މި އަހަރަށް ހިންގަން ކަނޑައަޅާފައިވާ ޕްރިއޮރިޓީސްގެ ތެރެއިން ޑްރަގް ޓްރެފިކިން ލަނޑުދަޑި ހާސިލު ކުރުމަށް ހިންގަމުންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން ކަމަށެވެ.

އަދި ހައްޔަރު ކުރި ހަތަރު މީހުންގެ ތެރޭގައި 16 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށާއި އެ ހަތަރު މީހުންގެ އަތުން މަސްތުވާ އެއްޗެތި ކަމަށް ތުހުމަތު ކުރެވޭ، 25 ރަބަރު ޕެކެޓާއި ބުލެޓް ސައިޒުގެ ދެ ޕެކެޓުގެ އިތުރުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ބޭނުންކޮށްފައި ހުރި ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން އިތުރަށް ބުނީ ޑްރަގް ޓްރެފިކިން އޮޕަރޭޝަނުގެ ދަށުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 16 މީހަކު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ތަމްރީނު ދަތުރެއްގައި ފުލުހުންގެ 3 އޮފިސަރަކު 2 ގައުމަކަށް

ދިވެހި ފުލުހުންނަށް ލިބުނު ތަޢުލީމާއި ތަމްރީނު ފުރުޞަތުތަކެއްގައި ފުލުހުންގެ މަތީފަންތީގެ 3 އޮފިސަރަކު ޖަޕާނަށާއި އިންޑިއާއަށް ފުރައިފިއެވެ. އިންސްޕެކްޓަރ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz