މަގުމަތީގެ ހަރަކާތްތަކުން އެމްޑީޕީން ބޭނުންވާ ކަންތައްތައް ނުވާނެކަމަށް އެޕާޓީގެ ރައީސް ވިދާޅުވެއްޖެ

ހަމައެކަނި މަގުމަތީގެ ހަރަކާތްތައް ހިންގައިގެން އެމްޑީޕީން ބޭނުންވާ ސިޔާސީ މަގްޞަދުތައް ހާސިލްނުކުރެވޭނެކަމަށާއި މަޝްވަރާގެ މޭޒުދޮށަށް ގޮސް ސިޔާސީ ގޮތުން ކުރަންޖެހޭ ކަންތައްތައް މިހާރު ވަރަށް ގިނަކަމަށް އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ސިޔާސީ މަސްރަހުގައި ހިގަމުންދާ ކަންތައްތަކާއި ބެހޭގޮތުން ދިޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޑީޕީގެ ރައީސް ޑރ. ޑީޑީ ވިދާޅުވީ ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ކޮންމެ ޕާޓީއަކުން މަގުމަތީގެ ހަރަކާތްތައް ހިންގިނަމަވެސް އެކަން ގަބޫލު ކުރަންޖެހެނޭކަމަށާއި ނަމަވެސް މިހާރު އެމްޑީޕީން ހިންގާ މަގުމަތީގެ ހަރަކާކްތަކަށްވުރެ ބޮޑަށް މަޝްވަރާގެ މޭޒު އިސްކުރަންޖެހިއްޖެ ކަމަށެވެ. އަދި މިހާރު އެމްޑީޕީން އެހިންގާ ގޮތަށް ހަމައެކަނި މަގުމަތީގައި ހިންގާ ހަރަކާތްތައް ހިންގައިގެން އެޕާޓީން ބޭނުންވާ ކަންތައްތައް ހާސިލްކުރެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށްވެސް އެމްޑީޕީގެ ރައީސް ޑރ.ޑީޑީ ވިދާޅުވިއެވެ. ވަކިބަޔަކު ބޭނުންވާގޮތަށް އެމްޑީޕީ ހިންގުމަށް ދޫނުދެއްވާނެކަމަށް ވިދާޅުވެފައިވާ ޑރ.ޑީޑީ އިތުރަށް ވިދާޅުވީ އޭނާ ހިޔަނި ކެބިނެޓެއް އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަން ފެއްޓެވީވެސް މިހާރު ދިމާވެފައިވާ މައްސަލަތަކުގައި ޑިމޮކްރެޓިކް އުސޫލު އިސްކޮށް މަޝްވަރާގެ ރިވެތި އުސޫލުން ކަންކަން ކުރުމުގެ ބޭނުމުގައިކަމަށެވެ.

ރައީސް ޑރ.ވަހީދުގެ ސަރުކާރާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ރައީސް ޑރ. ޑީޑީ ވިދާޅުވީ އާ ސަރުކާރު ވެރިކަމަށް އައިސްފައިވާގޮތަކީ އެންމެ ރަނގަޅުގޮތް ކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް ޑރ. ވަހީދުގެ ސަރުކާރަކީ ބާޣީ ސަރުކާރެކޭ ވިދާޅުވެ ވާހަކަ ދައްކާނެ ފަދަ އެއްވެސް މަންޒަރެއް އަދިވެސް ފެންނަން ނެތްކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. ޑީޑީ ވިދާޅުވީ ހަތްވަނަ ދުވަހު ހިނގާދިޔަ ކަންތައްތައް ރަނގަޅަށް ތަހްގީގް ކޮށްގެން ނޫނީ އެކަމާއި ދޭތެރޭގައި އެއްވެސް އެއްޗެކޭ ވިދާޅު ނުވެވޭނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz