މަގުހެދުމުގެ މަސައްކަތް އެމްޑީޕީން ކުރިއަށްގެންދާގޮތަށް އެޕާޓީގެ ލަންދޫގޮފިން ފާސްކޮށްފި.

ލަންދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް

ނ.ލަންދޫ ކައުންސިލާއި ފުށިވެލަވަރު ރިސޯޓާއި، ގުޅިގެން ކުރިއަށްގެންދަންފަށާފައިވާ އަދި މިހާރު ހުއްޓިފައިވާ ނ.ލަންދޫގެ މަގުހެދުމުގެ މަސައްްކަތް އެމްޑީޕީ ލަންދޫ ގޮފިން އިސްނަގައިގެން ކުރިއަށް ގެންދާގޮތަށް ފާސްކޮށްފިއެވެ.

މިކަންފާސްކޮށްފައިވަނީ ރޭ އެ ގޮފީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަކުންނެވެ. މިބައްދަލުވުމުން ނިންމާފައިވަނީ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރިސޯޓާއި، ވާހަކަދައްކައިގެން އެމްޑީޕީ ލަންދޫގޮފީގެ ފަރާތުން ކުރާކަމެއްގެ ގޮތުގައި އެކަންކުރަން ފެނޭތޯ ބައްދަލުވުމަށް ޙާޒިރުވި މެމްބަރުންގެ ޚިޔާލު ހޯދުމަށްފަހުގައިކަމަށް އެބައްދަލުވުމުގައި ބައިވެރިވި އެޕާޓީގެ އެކްޓިވިސްޓަކު ވަނީ ލަންދޫއިންފޯއަށް ކިޔައިދީފައެވެ.

އަދިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ އިތުރުގޮތްޕެއް ލަންދޫގައި އުފެއްދުމާއި މެދުވެސް ވާހަކަދެކެވުނު ކަމަށާއި އަލަށް އުފައްދަން ނިންމާފައިވަނީ އަންހެނުންގެ ގޮތްޕެއްކަމަށްވެސް މަޢުލޫމާތު ދިންފަރާތުން ވަނީ ބުނެފައެވެ. އަދި އެގޮތްޕަށް ބޭނުންވާ 50 މީހުން ވަނީ ސޮއިކޮށްފާކަމަށްވެސް އޭނާބުންޏެވެ.

މިހާރުވެސް އެމްޑީޕީގެ ރަޖިސްޓަރޑް ޖުމުލަ 3 ގޮފި ލަންދޫގައި އޮންނާނެކަމަށާއި، މިހުރިހާ ގޮފިތަކެއް އެއްކޮށްލައިގެން 200 އަށްވުރެ ގިނަމެމްބަރުން ލަންދޫގައި ތިބޭނޭކަމަށްވެސް އެމްޑީޕީ ލަންދޫގޮފީގެފަރާތުން މަޢުލޫމާތު ދެއްވި އިބްރާހީމް ޢަލީ ( ހިންނަވަރު ) ވަނީ ބުނެފައެވެ.

ރޭގެ ބައްދަލުވުމުގެ ރިޔާސަތު ބެލެެހެއްޓެވީ ލަންދޫގެ އެންމެފުރަތަމަ ކައުންސިލަރު އަލްފާޟިލް މަޖުދުﷲ ޢަބިުުދުއްރައްޒާޤު އާއި، ލަންދޫ ކައުންިސިލްގެ މިހާރުގެ އެމްޑިޕީއަށް ނިސްބަތްވާ ހަމައެކަނި މެމްބަރު އަލްފާޟިލް މުޙައްމަދު ޝުޖާޢު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރޭގެ ބައްދަލުވުމަށް އެމްޑީޕީއަށް ނިސްބަތްވާ ރަށުގައި ތިބި މީހުންގެ ގެތެރެއިން 37 މީހަކު ހާޒިރުވި ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއާރޕާސަންގެ މަޤާމްގައި ހުންނެވި އަލީ ވަހީދު މިދިޔަ މަހުގެ 28 ގައި އިސްތިއުފާ ދެއްވުމާ ގުޅިގެން  ހުސްވެފައިވާ އެމްޑީޕީގެ …

ޚިޔާލެއްދެއްވާ

avatar
kasimbe
kasimbe

mdp landhoo gofodhw, hagygathuga landhoo aky mihaathanah partyge fikuru naiythanakas mi meehunge amalthah mihaar mihiragothun kurimahuga partyge vaadhaverikan vr boduve rah vr bodah fithuna vaanekamah fenay

wpDiscuz