މަރުޙަބާ! ރަމަޟާން ކަރީމް

ރަޙުމަތާ ބަރަކާތްތަކުން ފުރިގެންވެޔޭ ރަމަޟާން ކަރީމް

          މަޙުޝަރުގެ ބިމުގައި އަޅަމެނަށް ވަޙުދަތުލިބޭ ރަމަޟާން ކަރީމް

ޝައްކާއި ވަސްވާސް ހިތްތަކުން ފިލުވާ އިލާހީ ޙަޟުރަތައް

           ޝައްފާފް އާރުތަކުން ލިބޭ ފޮނިމީރު އިޙުސާސް ކޮށްލަނީ

ތިންދިހަ ވެޔޭ ބަރަކާތު ހުރި ލިބުމަށްއެދޭނަމަ ދަރުމަތައް،

         ވިންދާ ހިތުން ތައުބާ އަދައި މަތިވެރި ދުޢާތައް ކޮށްލަނީ

އެއްހާސް ކިތައްމަސްތޯ އެއީ ލިބި ލައިލަތުލްޤަދްރީގެ ވީ،

          އެއްރޭގައޭ ވީ ފަހުދިހައިން މަލަކުންގެ ހެޔޮކަން ހޯދެނީ

ފިޠުރުގެ ޒަކާތް އޭ ވާޖިބޭ ހަމަކޮންމެ މުސްލިމް ފަރުދަކަށް،

            ޤަޠުޢީ ދަލީލުން ސާފުވާ މުދަލަށް ޢަޖުޒު ލިބިގެންދަނީ

ތަރުވީޙް ގިނަ ފުރިހަމަކުރާ މަތިވެރި ނަމާދެއް އެކުލެވޭ،

             މަރުހަނދުމަކޮށް ހުއްޓައިނުލާ ކުރުމުން ޖަޒާ އެކުލެވިދަނީ

ކަސްތޮޅުއެޅޭ ޝައިޠާނާ ވަސްވާސް އުފައްދާ ގޮތްގޮތުން،

           މަސްދުވަހު މާތްކަން ބޮޑުވުމުން އަސްތާ ސަލާމަތް ކޮށްލަނީ

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ކެނދިކުޅުދޫގެ ދަނޑުތައް ރޯދައަށް ފައްކާވެފައި

ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހަކީ ޒަމާނުން ސުރެ އަޅުގަނޑުމެން އެންމެހައި މުސްލިމް އަޚުންނާއި އުޚްތުން އެމަހަކަށް ޓަކައި ވަރަށް ރަނގަޅަށް …

ޚިޔާލެއްދެއްވާ

avatar
އަޙްމަދު ދާއޫދު / ލަންދޫ
އަޙްމަދު ދާއޫދު / ލަންދޫ

ސަޅި އިނގޭ

wpDiscuz