މަރުގެ އަދަބު އުވާލުމަށް އދ އިން ގޮވާލައިފި

އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މަރުގެ އަދަބު އުވާލުމަށާއި ރާއްޖޭގައި އިސްލާމްދީނުގެ ހައްދުތައް ގާއިމުކުރުން ހުއްޓާލުމަށް އދ.ގެ ހިއުމަންރައިޓްސް ކޮމިޓީން ގޮވާލައިފިއެވެ.

ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން އދގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްފަހު ހިއުމަންރައިޓްސް ކޮމިޓީން ނެރެފައިވާ ރިޕޯޓްގައި 2008 ވަނަ އަހަރުގެ ކުރިން ރާއްޖޭގައި އަނިޔާ ލިބިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ކޮމިޝަނެއް އެކުލަވާ ލުމަށް ގޮވާލާފައިވާ ކަމަށްވެސް ބައެއް މީޑިޔާ ތަކުން ބުނެފައިވެއެވެ.

މިމަހުގެ މެދުތެރޭގައި ޖެނީވާގައި ބޭއްވި އެކޮމިޓީގެ ބައްދަލުވުންތަކުގައި ރާއްޖެއާބެހޭ ގޮތުން ކުރި ދިރާސާތަކަށްފަހު ބުރާސްފަތި ދުވަހު އާންމުކުރި ރިޕޯޓްގައި ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމާ މެދު ކޮމިޓީން ކަންބޮޑުވާ ކަމަށާއި، ޝަރުއީ ނިޒާމުގެ މިނިވަން ކަމަށް ބުރޫ އަރާފަދަ ކަންކަން ހުރިކަމަށް ދައުލަތުން އެއްބަސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މިރިޕޯޓް އާންމުކޮށްފައިވާ ކަމަށް މީޑިޔާތަކުން ބުނި ނަމަވެސް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ މިފަދަ ރިޕޯޓެއް އާންމުކުރި ކަމެއް އަދި ދިވެހި ޚާރިޖިއްޔާއަކުން ހާމަކޮށްފައެއްނުވެއެވެ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz