މަރުވެފައިވާ ރޮނޑާއި އެކިކަހަލަ މަސް އާދަޔާޚިލާފަށް ރަށްރަށަށް ލަންގަން ފަށައި.

ނ.އަތޮޅުގެ ފަޅުރަށެއްކަމުގައިވާ ބުރެހިފަސްދުއަށް ލައްގާފައިވާ މަސްތަކެއް / ފޮޓޯ: ރިޕޯޓަރ. ނިޔާ

މަރުވެފައިވާ ގިނަޢަދަދެއްގެ ރޮނޑާއި، ކުދިފާނައާއި، އެކިކަހަލަ މަސް ރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑުދޮށްތަކަށް ލައްގަމުން ދާކަމުގެ މައުލޫމާތު ލިބެމުން އެބަދެއެވެ.

ރާއްޖޭގެ ބައެއް ރަށްރަށަށްވެސް މަރުވެފައިވާ ރޮނޑާއި، ފާނައާއި، ކުދިމަސް ލައްގާފައިވާކަމަށާއި، މިއީ ކީއްވެގެން ވާކަމެއް ތޯ ބަލަމުން ދާކަމަށް އެންވަޔަރމެންޓް މިނިސްޓްރީންވެސް ވަނީމިއަދުބުނެފައެވެ.

ނ.އަތޮޅުގެ ބައެއްރަށްރަށުންވެސް މިކަންވަނީ ކަށަވަރު ކޮށްދީފައެވެ. ލައްގާފައިވާ މަސްތަކަށް ބަލާއިރު މަހުގެ ބޭރުން އެއްވެސްކަހަލަ ގެއްލުމެއް މަހަށް ވެފައިވާކަމެއް ފެންނާކަށް ނުހުރެއެވެ. އެހެންވީމާ މިއީ ވަކިކޮންސަބަބަކާ ހުރެ ވާކަމެެއްކަމެއް އަދިވަނީ ނޭންގިފައެވެ.

އިއްޔެވެސް މިއަދުވެސް ގިނަޢަދަކަށް މަސްވަނީ ލައްގާފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz