މަރުހޫމް އަފްރާޝީމްގެ ހަނދާނުގައި މަޖިލީހުން ބޭއްވުމަށް ނިންމި ޖަލްސާ ފަހުގެ ތާރީޚަކަށް ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ މެންބަރު މަރުހޫމް ޑރ.އަފްރާޝީމް އަލީގެ ހަދާނުގައި މިރޭ ބޭއްވުމަށް ހަމަޖައްސާފައިވާ ތައުބީންގެ ޖަލްސާ މަޖިލީހުގެ ހާއްސަ ޖަލްސާއަކަށް ބަދަލުކޮށް އެޖަލްސާ ފަހުގެ ތާރީހެއްގައި ބޭއްވުމަށް މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިޖަލްސާ މިގޮތަށް ބަދަލުކުރެވިފައިވަނީ މަރުހޫމް ޑރ.އަފްރާޝީމް އަލީގެ އާއިލާއަށް މަޖިލީހުގެ އެންމެ މަތީ ޝަރަފް ދެއްވުމަށް ނިންމާފައިވާތީކަމަށެވެ. އެހެންކަމުން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް މަޖިލީހުން އިންތިޒާމުކުރި ތައުބީންގެ ޖަލްސާ ނުބޭއްވުމަށް މިހާރު މަޖިލީހުން ނިންމާފައިވާކަމަށްވެސް މަޖިލީހުން ހާމަކޮށްފައިވެއެވެ. އަދި މިޖަލްސާ ބާއްވާނެ ތާރީހެއް ފަހުން އިއުލާންކުރެވޭނޭކަމަށް މަޖިލީހުގެ އިދާރާއިންވަނީ ހާމަކޮށްފައެވެ.

އުނގޫފާރު ދާއިރާގެ މެންބަރު ޑރ.އަފްރާޝީމް އަލީއަށް ރަހުމްކުޑަ ހަމަލާތަކެއް ދީ މިމަހުގެ ދެވަނަ ދުވަހުގެރޭ އަވަހާރަ ކޮށްލާފައިވާއިރު އަފްރާޝީމްގެ ހަދާނުގައި އެމަނިކުފާނު ނިސްބަތްވާ ޕީޕީއެމްއާއި، އެމަނިކުފާނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކުއްލިއްޔަތުއް ދިރާސަތުލް އިސްލާމިއްޔާގައިވެސް ހާއްސަ ތައުބީންގެ ޖަލްސާއެއްވަނީ ބާއްވާފައެވެ.

މަރުހޫމް ޑރ.އަފްރާޝީމްއަލީއަކީ ރައްޔިތުންގެ މަޖިލީހަށާއި، ރާއްޖޭގެ ތައުލީމީ ދާއިރާގެ އިތުރުން އިސްލާމްދީން އުގަންނައިދީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްކެއް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ސޯސް: ދިޓިވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ޢަމަލީގޮތުން ބައިވެރި މީހުންގެ ނަންތައް ޕޮލިހުން ހާމަ ކޮށްފި

ރ. އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖުލިސްގެ  ކުރީގެ އިއްޒަތްތެރި މެމްބަރު އަލްމަރުޙޫމް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ  ސިޔާސީ ބަޔަކު …

ޚިޔާލެއްދެއްވާ

avatar
wpDiscuz