މަރީ ގެ ހާލު އަންނަނީ ރަނގަޅުވަމުން – މަރީގެ ޢާއިލާ

މިއަދު ހެދުނު ވަލަށް ގޮސްއުޅެނިކޮށް ރުކަކުންވެއްޓުނު ކާއްޓަކުންޖެހި ބޯފަޅައިގެންގޮސް ސީރިއަސްހާލަތުގައި އޮތް  ނ.ލަންދޫ ދަނޑުމަތީގޭ މަރިޔަމް ޢުމަރު ( މަރީގެ ) ހާލު މިހާރު ރަނގަޅުވަމުން އަންނަކަމަށް އޭނާގެ ޢާއިލާއިން ހާމަކޮށްފިއެވެ.

 

މަރީ އާއި އަދި އިތުރު  3 މީހަކާއި އެކު ލަންދޫ ވަލުތެރޭގައި ކާށިހޮވުމުގެ މަސައްކަތުގައި އުޅެނިކޮށް ހިނގިި މިހާދިސާއާއި ގުޅިގެން އެންމެފުރަތަމަ  މަރީއަށް ފަރުވާދީފައިވަނީ ލަންދޫ ސިއްޙީ މަރުކަޒުންނެވެ. ލަންދޫ ސިއްޙީ މަރުކަޒުން ދެވުނު ފަރުވާއިން މަރީގެ ބޮލުން ފަޅައިގެން ގޮސްފައިވާ ތަންތަނުން ލޭމަނާނުވެ މަރީގެ ހާލަތު އިތުރަށް ގޯސްވާންފެށުމުންމަރީ ގެންދެވުނީ މަނދޫގައި ހުންނަ ނ.އަތޮޅު ހޮސްޕިޓަލަށެވެ. ހޮސްޕިޓަލަށް ގެންދިއުމަށްފަހު މަރީގެ ބޮލުގެ ނިއްކުރިއާއި ދިމާލުން ފަޅާއިގެން ގޮސްފައިވާ ތަންތައް އަލުން ފެހުމުން މިހާރު ލޭމަނާވެ މަރީގެ ހާލް ރަނގަޅުވަމުންއަންނަ ކަމަށް މަރީގެ އެންބަޑު އެއްބަފާ ދައްތަ ސާމިޔާ ޢުމަރު ބުނެއެވެ. ސާމިޔާ އިތުރަށް ބުނި ގޮތުގައި މިހާރު މަރީއަށް ވާހަކަ ދައްކާލައިވެސް ހެދެއެވެ.

ލަންދޫން ވަލަށް ތަކެތި ހޮވަން ދާ މީހުންނަށް ދޭތެރެ ދޭތެރެއިން ކަންތައްތައް ދިމާވިނަމަވެސް މިފަހަކަށް އައިސް މިފަދަ ހާދިސާއެއް ހިނގި މިއީ ފުރަތަމަ ފަހަރެވެ. ” ލަންދޫއިންފޯ ” އިން މަރީއަށް އަވަސް ޝިފާއަކަށް އެދެމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz