މަނަދޫ ބަނދަރުން ދަތުރުވެރިންނަށް އަރާފޭބޭނެ ރަނގަޅު އިންތިޒާމެއް ބޭނުން

ޒަމާނުންސުރެ ނ.އަތޮޅުގެ ވެރިރަށަކީ މަނަދޫއެވެ. އަދި ހަމަ އެހެންމެ ޒަމާނުންސުރެ މަނަދޫ ފާހަގަކުރެވިފައިވަނީ ނ،އަތޮޅު ރައްޔިތުންގެ ވިޔަފާރީގެ މައި މަރުކަޒު ކަމުގައިވެސްމެއެވެ. އަދި މިއަދު މިކަންތައް މާބޮޑަށް ފާހަގަ ކުރެވިގެން ދެއެވެ.

ދަތުރުފަތުރުގެ  ނިޒާމުން އަތޮޅުގެ ރަށްތައް ގުޅާލުމުން އަތޮޅުގެ އެންމެގިނަ ބަޔަކު ދުވާލަކު އެތައްފަހަރަކު ޒިޔާރަތްކުރާ ރަށަކަށް ވެފައިމިވަނީ އަތޮޅުގެ ވެރިކަން ކުރާރަށް މަނަދޫއެވެ.

ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލައި މަނދޫއަށް ގިނަބަޔަކު ޒިޔާރަތް ކުރަން ފެށުމުން މަނަދޫގައި ވިޔަފާރި ކުރާފަރާތްތައް އިތުރުވެ ވިޔަފާރި ކުރާތަންތައް ޒަމާނީވެ މަނަދޫގެ ރައްޔިތުންނަށް ގިނަގުނަ އާއްމު ދަނީގެ ވަސީލަތްތައް ލިބޭނެމަގު ތަނަވަސް ވެފައިވާއިރު ދުވާލަކު މަނދޫއަށް ޒިޔާރަތްކުރާ އެތައްބަޔަކަށް މަނަދޫން ލިބެނީ ކިހާވަރެއްގެ މެހްމާން ދާރީއަކާއި މެދު އަޅުގަނޑުމެން ވިސްނާލަން ޖެހެއެވެ.

ދުވާލެއްގެ މައްޗަށް މަނަދޫއަށް އެއްވަގުތެއްގައި އެތައްބައިވަރު އުޅަދުފަހަރެއް މަނަދޫ ބަނދަރަށް ވަންނަމުން ދާއިރު ފަޅުތެރޭގައި އެއްވެސް އިންތިޒާމެއް ނެތުމުން އެކަމުގެ ޝަކުވާކުރަމުންދާ އެތައް އޮޑިވެރިޔަކާއި ލޯންޗްދުއްވާ ޑްރައިވަރުންނެއް އެބަތިއްބެވެ.

އަތޮޅުގެ ރައްޔިތަކަށް ކުއްލިގޮތަކަށް ސިއްހީފަރުވާއެއް ހޯދަން ވެއްޖެނަމަ ދާންމިޖެހެނީ މަނަދޫއަށް ކަމަށްވާއިރު މަނަދޫބަދަރުގައި ދަތުރުވެރިންނަށް ޚާއްޞަކުރެވިފައިވާ ވަކި ސިޑިއެއް ނުވަތަ ފާލަމެއް ނެތުމުން ގިނަބަޔަކު އަންނަނީ އެކަމުގެ ދަތިކަން ތަހައްމަލް ކުރަމުންނެވެ.

މިއަދު މަނަދޫގެ ބަނދަރު ސަރަހައްދަށް ބަލާލާއިރު ބަނދަރުގެ ވާޓަރުކައިރި ފުރިފައިވަނީ ރަށަށްގެންނަ ތަފާތު މުދަލާއި ވެލި ބަސްތާތަކުންނެވެ. ދޯނިފަހަރު ގާތްކޮށް މީހުންފައިބާނެ ހުސްޖާގައެއްނެތެވެ. މީގެ ކުރިން ރަށްރަށުން މަނަދޫއަށްދާ ފަރާތައް ފޭބުމަށް ބޭނުންކުރި މަނަދޫގެ ” ރަސްމީފާލަން ” މިއަދު ވެފައި މިވަނީ ވެލިނަގާ މީހުން ވެލިގޯނިތައް ބޭލުމަށް ބޭނުންކުރާ ތަނަކަށެވެ.

ޒަމާނުންސުރެ މަނަދޫގެ ރައްޔިތުން އަތޮޅުގެ ރައްޔިތުންނަށްޓކައި ހާއްޞަކޮށްފައިވާ ފާލަމަށް ވެލިބާލަމުންދާއިރު މަނަދޫގެ ކަމްވޮށިގެންވާ ބޭފުޅުން އަޅައި ނުލައްވާ ހިތްވަރު ދެއްވާކަމަށްޓކައި ހިތާމަކުރަން ޖެހެއެވެ. ހަމަ އެހެންމެ ރަށުގައި ނަގާކިޔާ ” ބޭބޭފުޅުންގެ ” ހިއްސާއޮންނަ ދޯނިތަކުން އަތޮޅުގެ ރައްޔިތުންނަށް މަނަދޫގެ ބަދަރު އެންމެ މުހިއްމުވާ ވަގުތު ރަސްމީ ފާލަން ބޭނުންކުރައްވާތީ ދެރަވެ ލަދުގަންނަންޖެހެއެވެ.

ރަށްރަށުގައި މިފަދަ ނާތަހްޒީބީ ކަންތައްތައް ހިނގަމުންދާއިރު ރައްޔިތުންގެ ލާބައާއި މަންފާއަށް ރައްޔިތުން ވޯޓްދީގެން ހޮވާ ، ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިއްބަވާބޭފުޅުން އަޅައި ނުލައްވާތީ އެބޭފުޅުންގެ އިޙްލާޞްތެރިކަމާއި މެދު ސުވާލް އުފެދެއެވެ. މިފަދަ ކަންތައްތަކަކީ މާބޮޑުބަޖެޓެއް ނެތްނަަވެސް ރަށުގެ ރައްޔިތުންނާއި ނުވަތަ މިފަދަ ކަންތައްތައް ކުރައްވާ ބޭފުޅުންނާއި މަސްވަރާކޮށްގެން ހައްލުކުރެއްވެވޭ ޒާތުގެ ކަންތައްތަކެވެ.

މަނަދޫއަކީ އަތޮޅުގެ ވެރިކަންކުރާ ރަށަށްވެފައި ދުވާލަކު އެތައްބަޔަކު މަނަދޫއަށް ޒިޔާރަތްކުރާއިރު މަނަދޫގެ ބަދަރުގައި ދަތުރުވެރިންނަށް ޙާއްޞަ ސަރަހައްދެއް މިއަދު ޤާއިމް ކުރަންޖެހެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
wpDiscuz